ads
ކޮވިޑް 19
މިއަދު ޕޮޒިޓިވް މީހުންގެ އަދަދު ބޮޑުތަނުން ދަށަށް!
ފާއިތުވި 24 ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑުތަނުން ދަށްވެއްޖެ އެވެ.

ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުތެރޭ މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ އެންމެ 58 މީހުންނެވެ. މިއަދު ކުރިން ހުރީ 90އިން މަތީގައެވެ 

އަދި ފާއިތުވި 24 ގަޑިއިރުތެރޭ އަތޮޅު ތެރޭގެ ރައްތަކުން ޕޮޒިޓިވްވެފައިވަނީ 24 މީހުނެވެ. މިއަދަދު ވެސް ކުރިން ހުރީ 90އިން މަތީގައެވެ. މިއަދު ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 21 މީހެކެވެ. 

އެހެންކަމުން މިއަދު ނެގި 3570 ސާމްޕަލްއިން މުޅި ޖުމުލަ ޕޮޒިޓިވްވެފައިވަނީ، 103 މީހުންނެވެ. 

މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 24،651 އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 3،063 ގައި އުޅޭއިރު 94 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 21،512 ގައި އުޅޭއިރު، މިހާތަނަށް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް