ads
އިސްލާމިކް ސެންޓަރުގައި ވެކްސިން ޖަހަން ގޮސް ތިބި މީހުން
ވެކްސިންގެ ދެވަނަ ޑޯޒު ގިނަ ބަޔަކު ޖަހައިފި
ކޮވިޑް 19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު މިއަދު ގިނަ ބަޔަކު ޖަހައިފި އެވެ.

އެޗްޕީއޭއިން މިއަދު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް މާލޭ ސަރަހައްދުގައި ޖަހަން ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުން މިއަދު ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 1،149 މީހެކު ޖަހާފައެވެ. އަދި މީގެ ކުރިން ހާއްސަ ހާލަތުގައި ދެވަނަ ޑޯޒް ޖެހި 572 މީހުންނާއިއެކު މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 1،721އަށް އަރާފައެވެ. 

މީގެ އިތުރުން އަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭން ފަށާފައިވާއިރު މިއަދު ވަނީ 2،622 މީހުން މި ޑޯޒް ފުރިހަމަކޮށްފައެވެ. 

މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހިމީހުންގެ އަދަދު ވަނީ 243،749އަށް އަރާފައެވެ.

އެޗްޕީއޭއިން ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖެހުމުގެ ކަންކަން މާލެ ސަރަހައްދުގައި ފަށާނެކަން މިދިޔަ ހަފްތާގެ ތެރޭގައި އިއުލާނުކޮށްފައެވެ. 

އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން މިއަދު ފެށިއިރު މިވެކްސިން ޖެހުމަށް ދާއިރު، އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ފަދަ، ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިއުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ފުރަތަމަ ޑޯޒު ޖެހުމުން ލިބުނު ވެކްސިން ކާޑު ގެނައުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ހުން އައިސްފައި ހުރި ނަމަ، ނުވަތަ ބަލީގެ އަލާމާތެއް ހުރި ނަމަ އަދި ތިބާ އަކީ ޕޮޒިޓިވް މީހެއް ނަމަ މި ވެކްސިން ނުޖަހާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު މިއަދު ޖަހަން ފަށާފައި މިވަނީ ފެބްރުއަރީ އެކަކާއި ހަތަރަކާއި ދެމެދު ވެކްސިން ޖެހި މީހުނަށް ކަމަށް މީގެ ކުރިން އެޗްއީއޯސީން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް