ads
މުހައްމަދު ސިޔާޒް- މޯހަން
މޯހަން އަނެއްކާ ވެސް މާޒިޔާއަށް ބޮނޑިދީފި
މުހައްމަދު ސިޔާޒް- މޯހަން، އަނެއްކާވެސް މާޒިޔާއަށް ލަނޑު ދީފިއެވެ. މޯހަން މި ފަހަރު މާޒިޔާއަށް ލަނޑު ދިނީ، ސުޕަރ ޔުނައިޓެޑުގެ ކޯޗުގެ ހައިސިއްޔަތުން ނުކުމެ ދިވެހި ލީގުގައި ގަދަފަދަ މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިގެންނެވެ.

މޯހަންގެ އިރުޝާދުގެ ދަށުން ކުޅުނު ސުޕަރ ޔުނައިޓެޑާ މާޒިޔާގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ މޯހަން މާޒިޔާއާ ދެކޮޅަށް މި ސީޒަންގައި ނުކުތް ދެވަނަ މެޗެވެ. ކުރިން މެޗުގައި ވެސް މާޒިޔާއަށް މޯހަން އަތުން މޮޅުވެވޭ ގޮތެއް ނުވިއެވެ. އޭރު އެއީ މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހުރެގެންނެވެ. 

ނިޒާމްބެ ކޯޗަކަށް ހުރެ މާޒިޔާއިން މޯހަންއާ ދެކޮޅަށް ނުކުތީ މޯހަން އީގަލްސްގެ ކޯޗަކަށް ހުރެއެވެ. އެއީ ވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީމެވެ. އެ މެޗުގައި މާޒިޔާއިން ދެ ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް މޯހަން ޓީމުންވަނީ މާޒިޔާއަށް ލަނޑު ދީފައެވެ. އެ ދުވަހު އީގަލްސްއިންވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި ހިތްދަތި ގޮތަކަށް މާޒިޔާ ބަލިކޮށް ޗެރިޓީ ޝީލްޑް ހޯދާފައެވެ. 

މާޒިޔާއިން މިދިޔަ ސީޒަންގައި މޯހަންއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މިދިޔަ ސީޒަންގައި މޯހަން ކޯޗުކޮށްދިން އީގަލްސްއާ ދެކޮޅަށް މާޒިޔާއިން ތިން މެޗު ކުޅުނު އިރު އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް