ޑރ. ޖަމީލް--
ރައީސް ޔަމީން ވަނީ ސިންގަޕޫރު ފަދަ ތަނަކަށް މާލެ ހަދާފައި: ޑރ ޖަމީލް
Share
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މާލެއަކީ ސިންގަޕޫރު ފަދަ ތަނަކަށް ހައްދަވާ ދެއްވާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

ޖަމީލް ވިދާޅުވީ، ޕީޕީއެމްއިން، ރައީސް ޔާމީން ވަނީ ، މާލެ އަކީ ސިންގަޕޫރު ފަދަ ބްރިޖުތަކާއި ފްލެޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލް ހުރި ތަނަކަށް ހައްދަވާ ދެއްވާފައި ކަމަށެވެ. އެހެންކަމުން އެއްވެސް އިލްމެއް ނެތި ހަމައެކަނި ޕާޓީއަކަށް ވީތީ ތަރައްގީ ނުގެނެވޭނެކަން މިވެރިކަމުން އެބަ އެނގޭކަމަށް ޖަމީލް ވިދާޅުވިއެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފިނަމަ ތަރައްގީ ޔަގީންވާނެކަމަށް ވިދާޅުވެފައެވެ. 

މާލެ ސިޓީ މޭޔަރުކަމުގެ ވާދަވެރިކަން އިތުރުވެފައި ވާއިރު، ޑރ. މުއިއްޒުގެ ކެމްޕެއިންގައި ޑރ. ޖަމީލްގެ އިތުރުން އިދިކޮޅުގެ އެހެން ބޭފުޅުންވެސް އަންނަނީ ފްލެޓް ތަކާއި ބުރިޖުގެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މޭޔަރުކަމަށް މުއިއްޒުގެ ގާބިލުކަން މިނަން ބުރިޖު އެކަނި ވެސް ފުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް