ads
ޕީޕީއީގައި މީހަކު ވަޅުލަނީ އަދި ވޯޓު ލަނީ:-
"ޕޮޒިޓިވް ވިޔަސް ވޯޓް ލެވޭ، މަންމަ މަރުވިޔަސް މޫނު ބަލާ ވެސް ނުލެވޭ"
ކޮވިޑް 19 އަށް ޕޮސިޓިވްވެ، ކަރަންޓީނުގައި ތިބި މީހުންނަށް ވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން ރަސްމީ ވޯޓު ލާ ގަޑި ނިމުމަށް ފަހުގައި އެހީތެރިއަކާއި އެކުގައި ވޯޓު ފޮށި ކައިރިއަށް ގޮސް އެމީހުންނަށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި އަތޮޅުތެރޭ ރަށްރަށުގައި ކަރަންޓީނު ނުވަތަ އައިސޮލޭޝަން ގައި ތިބި މީހުން ވޯޓު ލާން ދާނީ އެރަށެއްގެ ޓާސްކް ފޯސްގެ ބެލުމުގެ ދަށުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެފައި ވާއިރު އެމީހުންނަށް ވޯޓު ލުމަށް ލިބިގެން ދާނީ އެއްގަޑިރުގެ ވަގުތެކެވެ.

ހަމައެހެންމެ އަތޮޅު ތެރޭގެ އެއްރަށުން އަނެއް ރަށަށް ވޯތުލަން ދެވޭނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން އެއްރަށުން އަނެއް ރަށައް ދިއުމުގެ ހުއްދަ ދޭނެކަމަށް އެޗްޕީއޭއިން ބުނެފައިވާ ކަމަށާއި، އެގޮތުން މޮނީޓަރީންގެ ހާލަތުގައި އޮތް ރައްރަށައް ވެސް އެރަށެއްގެ ޓާސްކް ފޯހާއި ގުޅިގެން ހަމައެކަނި ވޯޓުލުމަށް އެރަށަކަށް އެރުމުގެ ހުއްދަ ލިބޭނެކަމަށެވެ.  

your imageފޮޓޯ އީސީ

މިކަމާއި ގުޅިގެން އަނެއްކާ ވެސް ރައްޔިތުން ވަނީ އެޗްޕީއޭ، ސަރުކާރު އަދި އީސީގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހި، ޝަކުވާތައް ބަންޑުން ކޮށްލާފައެވެ. 

އެގޮތުން މާފުށީގައި ހުރި ބަނޑުބޮޑު އަންހެނަކު ވިހަން ވެގެން ފާފު އަތޮޅު ރަށަކަށް ދިއުމުން އެރަށަށް ނޭރުވި މައްސަލައެއް ވެސް ދުވަސްކޮޅެއް ކުރިން ވަނީ ފެންމަތި ވެފައެވެ.

"ވިހަން ވެގެން އެރަށަށް ދިއުމުން ރަށަށް ނޭރުވި. ބުނީ ކަރަންޓީނު ވާންށޯ ޖެހޭނީ. ކަރަންޓީނު ވާން އެއްބަސް ނުވީމަ އެ ރަށަށް ނޭރުނު،". -ވިހަން ވެގެން ފާފު އަތޮޅަށް ދިޔަ މީހެއް

ބަނޑަށް ނުވަ މަސް ފުރިގެން ވިހަން ދިއުމުން 10 ދުވަހުގެ ކަރަންޓީނަކަށް ފަހު ވިހެއުން ލަސްކޮށްލަން ޖެހުނީއެވެ. ނަމަވެސް އިންތިހާބު ހަމަ އޮތް ތާރީހުގައި ނުބާއްވާ ފަރުޖެހޭނެ ހަމަ އެއްގޮތްވެސް ނެތެވެ. އަދި ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމަކީވެސް ނުކޮށް ވާވަރު ކަމެއް ކަމުގައި މިވަނީ ވެފައެވެ.

މީގެ އިތުރުން އުމުރުން ދުވަސް ވެފައިވާ މާމައެއް ބަލިވެގެން ޑޮކްޓަރަށް ދައްކާލަން ނާދެވިފައި ތިބި ބައެއް ވެސް މަދެއް ނޫނެވެ. 

މާމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ގެނެވޭކަށްވެސް ނެތް. މާލެ ގެނެސް ޑޮކްޓަރަށް ދައްކާފަ އަނެއްކާ ރަށަށް ގޮސް ކަރަންޓީނު ވާން ޖެހެނީ. ރަށުގަ ކަރަންޓީނުގަ މާމަ ކައިރީގަ ހުންނާނެ މީހެއް ނެތް. މާމަ އެހާ ބަލި އިރު ކިހިނެއް އެކަނި ބާއްވަން ކެރޭނީ ކަރަންޓީނުގަ. ނެގެޓިވް ނަތީޖާ އަކާ އެކު ރަށަށް ގޮސް ކަރަންޓީނު ވެވޭ ނަމަ މިހެން ނުވާނެ. -މާމަ ޑޮކްޓަރަށް ދައްކަން ގެނައުމުގައި ދަތި ތަކެއް ހުރި މީހެއް-

އެގޮތުން މިހާރު ހުރި އުސޫލުތަކަށް ބަލައި، ތިމާ އުފަންކޮށް ބަލައި ބޮޑު ކުރި މައިމީހާ މަރުވި ކަމުގައި ވިޔަސް ޕޮސިޓިވް ވެފައި ނުވަތަ ކަރަންޓީނުގައި ހުރި ނަމަ މޫނު ބަލާލަން ވެސް "އޯކޭ" އެއް ނޫނެވެ. މިފަދަ ހާލަތެއްގައި އެޗްޕީއޭއިން ހެދިފައިވާ ހާއްސަ އުސޫލެއްވެސް ނޯވެއެވެ. އެހިސާބުން ޓާސްކް ފޯސްތައްވެސް ގެއްލެއެވެ. ނަމަވެސް ވޯޓު ލާން ވީމަ މިކަން ވެސް "އޯކޭ" ވެއެވެ.

your imageކޮވިޑް 19 ޖެހުނު މީހަކު ވަޅުލަނީ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
96%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް