ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މާދަމާ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މާދަމައަށް ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.

ހައި ކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން، މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މާދަމާ ހައިކޯޓުގައި ކުރިއަށް ދާނީ 15:00 ގައެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީއަށް ފުރާފައިވަނީ ފެބްރުއަރީ މަހުގައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކޮށްފައި ވަނީ އަލީ ވަހީދުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ބުނެފައިވަނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށާއި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ. 

އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. 

މި އަމުރާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައެވެ.

ޕީޖީން އެންމެ ފުރަތަމަ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ކްރިމިނަލް ކޯޓުން އަމުރު ނެރުތާ 48 ގަޑިއިރު ހަމަވެފައިވާކަމަށް ބުނެ، ހައިކޯޓު މައްސަލަ ބަލައިނުގަނެ މައްސަލަ ވަނީ ހައިކޯޓުން ބޭރުކޮށްލާފައެވެ. ޕިޖީން ދެވަނަ ފަހަރަށް މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ، ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިފަހުންނެވެ. 

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ ކޯޓުގެ ރަޖިސްޓަރާގެ ނިންމުން ބަދަލުކޮށް މައްސަލަ ބަލަައިގަތުމަށް ނިންމާފައެވެ. އެހެން ކަމުން ޕީޖީ އޮފީހުން ވަނީ މައްސަލަ އަލުން ހުށައަޅާފައެވެ.

މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން ތާވަލުކޮށްފައިވާއިރު، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި، އަމުރު ބާތިލުކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް އެ އަމުރު ފޮނުވި އިރު، އަމުރުގައި ޖަހާފައިވަނީ ފެބްރުއަރީ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ފުރީ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ.  

ސަރުކާރުގެ ފަރާތުން އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކަކީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އެވެ. 

މީގެ އިތުރުން ވެސް ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ކުރެ އެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި އަމުރު ނެރުއްވީ ފެމެލީ ކޯޓުގެ ކުރީގެ އިސްގާޒީ އަދި މިހާރު ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުއެވެ. ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައ ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީން އަންނަނީ ހަސަން ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް