ads
ޕްރޮޑިއުސަރު ސިލްވިއޯ ހޯޓާ (ކ) އަދި އަގްލީ ބެޓީ--
"އަގްލީ ބެޓީ" އުފެއްދި ސިލްވިއޯ ހޯޓާ މަރުވެއްޖެ
އެމެރިކާގެ ހިޓު ޓީވީ ސީރީޒް "އަގްލީ ބެޓީ" އުފެއްދި ޕްރޮޑިއުސަރު އަދި ލިޔުންތެރިޔާ ސިލްވިއޯ ހޯޓާ އުމުރުން 45 އަހަރުގައި މަރުވެއްޖެ އެވެ.
އެމެރިކާގެ ހިޓު ޓީވީ ސީރީޒް "އަގްލީ ބެޓީ" އުފެއްދި ޕްރޮޑިއުސަރު އަދި ލިޔުންތެރިޔާ ސިލްވިއޯ ހޯޓާ އުމުރުން 45 އަހަރުގައި މަރުވެއްޖެ އެވެ.

އެ ސީރީޒްގެ ތަރި އެމރިކާ ފެރޭރާ ބުނީ އެ ހަބަރާއެކު ކުއްލި ހައިރާން ކަމެއް ލިބިފައިވާ ކަމަށެވެ. ސިލްވިއޯ ހޯޓާ މަރުވެފައި އޮއްވާ ފެނުނީ މަޔާމީގައި އޭނާ އުޅޭ ގޭގަ އެވެ.

"އަގްލީ ބެޓީ" އަކީ 2006 އިން 2010 އަށް ދެއްކި ޝޯ އެކެވެ. އެ ޝޯގައި ފެރޭރާ ފެނުނީ ބެޓީ ސުއަރޭޒް ނަމަކަށް ކިޔާ ނޫސްވެރިއެއްގެ ރޯލުންނެވެ. އޭނާއަކީ ނިއު ޔޯކުގެ ފެޝަން މެގެޒިން އަކަށް ލިޔާ "ޓްރެންޑް ނޭނގޭ" މީހެކެވެ.

އުމުރުން 35 އަހަރުގެ ފެރޭރާއަށް އެ ރޯލުގެ ސަބަބުން ގޯލްޑަން ގްލޯބް އަދި އެމީ އެވޯޑެއް ވެސް ލިބުނެވެ. ސިލްވިއޯ ހޯޓާ މަރުވާން ދިމާވި ސަބަބާ މެދު އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް