ads
ފްރާންސް
ފްރާންސް ތިން ވަނަ ލޮކްޑައުންއަކަށް!
ގިނަ ހޮސްޕިތަލްތަކެއް ފުރި ފްރާންސް ތިންވަނަ ފަހަރަށް ލޮކްޑައުން އަކަށް ހިނގައްޖެއެވެ.

ތިންވަނަ ލޮކްޑައުންއާއި އެކު އެގައުމުގައި ކާފިއު އިއުލާނުކޮށް ސްކޫލްތަކާއި ކޮންމެހެން ހުޅުވަންޖެހޭ ވިޔަފާރިތައް ފިޔަވާ ގިނަ ވިޔަފާރިތަކެއް ވެސް ވަނީ ހަތަރު ހަފްތާއަށް ބަންދުކޮށްފައެވެ.

އެގައުމުގައި ކާފިއު ހިންގަން ހަމަޖެހިފަވަނީ ރޭނގަޑު ހަތަކުން ހެނދުނު ހަޔަކަށެވެ.

މިދިޔަ ހުކުރު ދުވަހު ފްރާންސްގައި ކޮވިޑް ޖެހިގެން އައިސީޔޫގައި އިތުރު 145 އަކަށް ވަނީ ފަރުވާދޭން ފަށާފައެވެ. މީ މިހާތަނަށް ފާއިތުވި ފަސްމަސް ދުވަހުގެ ތެރެއިން އެއްދެވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.

މިވަގުތު ފްރާންސްގައި 5000 މީހުންނަށް ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން އަންނައިރު، ހުކުރު ދުވަހު އެގައުމުގައި ވަނީ 46،677 ކޭސް ރިކޯޑް ކުރެވިފައެވެ.

އަދި ހުކުރު ދުވަހު އެގައުމުން 304 މީހުން ވަނީ އެބަލީގައި މަރުވެފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ ވާއިރު އެކަށީގެންވާ އުޒުރެއް ނެތި 10 ކިލޯމީޓަރަށް ވުރެ ދުރު ހިސާބު ތަކަށް ދަތުރު ކުރުންވެސް ވަނީ އެގައުމުގައި މަނާ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް