ads
އާޖެންޓީނާގެ ރައީސް އަލްބާޓޯ ފާނަންޑޭޒް
ސްޕުޓްނިކް ވެކްސިން ޖެހިފަހުން އާޖެންޓީނާގެ ރައީސްއަށް ކޮވިޑް ޖެހިއްޖެ
އާޖެންޓީނާގެ ރައީސް އަލްބާޓޯ ފާނަންޑޭޒް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ކޮވިޑް އަށް ޕޮޒިޓިވްވެފައި ވަނީ ބޮލުގަ ރިހުމާއި ހުން އައުމުގެ ސަބަބުން ކުރި ޓެސްޓްގެ ނަތީޖާއިން ކަމަށެވެ.

ޖަނަވަރީ 21 ގައި ފުރަތަމަ ޑޯޒް ޖެހި އަލްބާޓޯ ދެވަނަ ޑޯޒް ޖަހާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އާޖެންޓީނާގެ %1.5 މީހުން ވަނީ މިހާތަނަށް  ރަޝިޔާގެ ސްޕުޓްނިކް ވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ކޮވިޑްގެ ފެތުރޭ މިންވަރު އިތުރުވެ ބްރެޒިލް މެކްސިކޯ އަދި ޗިލީގެ ފްލައިޓްތައް ވެސް ވަނީ އެގައުމުން މިވަގުތަށް މެދުކަނޑާލާފައެވެ.

އެގައުމުގައި ވެކްސިން ޖަހަން ފެށުމުގެ ކުރިން 70 މީހުންގެ ގްރޫޕަކަށް ވެކްސިން ދިން މައްސަލައެއް ހޫނުވެ އެގައުމުގައި އޭރު ހުންނެވި ހެލްތު މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އާދީއްތަ ދުވަހާއި ހަމައަށް އާޖެންޓީނާއިން ވަނީ ކޮވިޑްގެ 2،383،000 ކޭސް ރެކޯޑް ކުރެވިފައެވެ. 

އަދި މިބަލީގައި 56،106 މީހުން ވަނީ އެގައުމުގައި މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް