ads
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ވަހީދު--
މާލޭގައި ހިނގައި ބިނގައި ނުޅޭވޭ ވަރުވެއްޖެ: ޑރ. ވަހީދު
މާލެ ސިޓީގައި ހިނގައި ބިނގައި ނޫޅެވޭވަރު ވެފައިވާކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ވަހީދު މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. 

"ހިގައި ބިނގައިވެ ނޫޅެވޭ ވަރަށް މާލޭގެ ހާލަތު މިވަނީ ގޯސްވެފަ. މާލޭގެ ބޯހިޔާވަހިކަމުގެ ވާހަކަ ދެއްކިއަސް. މާލެ އޮތީ ކުރިން ނުދެކޭހާ މުޑުދާރުކޮށް،" - ޑރ. ވަހީދު

ރައީސް ވަހީދު ވަނީ އެމްޑީޕީން ބޯހިޔާވަހުކަމުގެ މައްސަލަ ހައްލުކުރާނެކަމަށް ލޯކަލް ކައުންސިލްގެ ވައުދުތަކުގައި ހިމަނާފައިވާތީ، އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވާހަކަ ދެއްކިޔަސް ހާލަތު އެންމެނަށް ވެސް އެނގޭކަމަށެވެ. 

"ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ފޯރުކޮށްދިނުން އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ އިން ކުރަން ޖެހޭ. މިއަދު ވެރިކަން ކުރާ ޕާޓީގެ އަތައް ހުރިހާ ބާރެއް ކަހާލާފައި އޮތުމުން ޤާނޫނު އަސާސީން ކަށަވަރުކޮށްދިން ހައްގުތައް ނުލިބޭ،"

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަދުގެ ސަރުކާރަށް ގެއްލިފައިވާކަމަށެވެ. ސަރުކާރުގައި ތައުލީމީ މީހުން ތިބި ނަމަވެސް، އެ ބޭފުޅުން ވެސް ހަނު ތިއްބަވާކަަމަށެވެ. 

"ކުރިން އިދިކޮޅު ފަރާތްތަކާ ދިމާލަށް ތަފާތު ނަން ނަމުން ކިޔަމުންދިޔަ. އެއްޗެހި މިހާރު އެމްޑީޕީގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކަށް ކިޔަމުންދާ މަންޒަރު. މި ސަރުކާރަށް ދެން ކޮށްދެވޭނެ އެއްވެސް ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން" - ޑރ. ވަހީދު
36%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް