ޖަމީލް އަދި ނަޝީދު--
ރައްޔިތުންގެ ޖީބުން މެމްބަރުން ހަރަދުކުރުމަކީ މުޑުދާރުކަމެއް: ޖަމީލް
Share
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލަ ރަށަށްކުރާ ދަތުރުތަކަށް ދައުލަތުން ހަރަދު ނެގުމަކީ ގާނޫނާއި ހިލާފް ކަމެއް ކަމަށާއި، ރައްޔިތުންގެ ޖީބުން މެމްބަރުން ހަރަދުކުރުމަކީ މުޑުދާރުކަމެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެެއްޖެއެވެ
Advertisement

ޖަމީލް މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ ދާއިރާ ތަކަށް ކުރައްވާ ދަތުރު ތަކަކީ ރަސްމީ ދަތުރުގެ ގޮތުގައި މަޖިލީހުގެ އާންމު ކޮމިޓީއިން ކަނޑައެޅުމާއި ގުޅިގެންނެވެ. 

ޑރ. ޖަމީލް ވިދާޅުވީ، މެންބަރުން އަމިއްލަ ޕާޓީ އާއި އާއިލާ ނުވަތަ އަމިއްލަ ގެދޮރަށް ކުރާ ދަތުރުތަކުގެ ހަރަދު ނެގުމަކީ ޤާނޫނާ ހިލާފް ކަމެއް ކަމަށެވެ. 

އަދި ވެރިކަންކުރާ ޕާޓީ ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ގާނޫނު މާނަ ނުކުރެވޭނެކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ، ރާއްޖެ ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު، ރައްޔިތުންގެ ޖީބުން މަޖިލީހުގެ މެމްބަރުން ހަރަދުކުރުމަކީ މުޑުދާރުކަމެއް ކަމަށެވެ. 

މަޖިލީހުގެ ގަވާއިދުގެ 240 ވަނަ މާއްދާއަށް ރިއާޔަތްކޮށް މެމްބަރުން އެބޭފުޅުންގެ ދާއިރާ ތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުގެ ގޮތުގައި ނިންމާފައިވާ ކަމަށް މިއަދުގެ މަޖިލީހުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަދަ ދަތުރު ތަކުގައި ދަތުރުގެ މައުލޫމާތާއެކު މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ ކަމަށާއި، ދަތުރު ކުރެވޭނީ އިދާރާއިން ހުއްދަ ދިނުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިފަދަ ދަތުރެއްގައި ވާ މެމްބަރުން މަޖިލީހުގެ ހާޒިރީގައި އަދި ކޮމިޓީގެ ހާޒިރީގައި ވެސް ފާހަގަ ކުރާނީ ރަސްމީ ދަތުރުގައި ކަމަށާއި، މެމްބަރުން ދަތުރުގައި ހުންނަވާއިރު މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރި ވާން ބޭނުން ނަމަ އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށްވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް