ads
މީރާ-
މީރާ ޓިކްޓޮކް ބޭނުންކުރަނީ ވަރަށް ތަފާތުކޮށް، ޓިކްޓޮކް ކުޅޭ ކުދިންނަށް މިސާލެއް!
ޗައިނާގެ "ބައިޓް ޑާންސް" ކުންފުނިން 2016 ވަނަ އަހަރު އުފެއްދި ޓިކްޓޮކް އެޕަކީ މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ އެއް އެޕްއެވެ. ޝޯޝަލް މީޑިއާގައި އެމީހެއްގެ ހުނަރު ދައްކާލުމާއި ހާއްސަކޮށް އެކްޓިން އަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް އުފެއްދި މި އެޕް މުޅި ދުނިޔެއަށް ވައިރަލް ވެގެންދިޔައިރު ރާއްޖެއަށްވެސް އޭގެ ރޯޅިއައެެވެ. އެގޮތުން ޒުވާނުންގެ މެދުގައި މިވަގުތު ރާއްޖޭގައި ވެސް އެންމެ މަގުބޫލް އެއް ޕްލެޓް ފޯމަކީ މިއެވެ.

އާއްމުކޮށް ރާއްޖެއިން ޓިކްޓޮކްތައް ފެނިގެންދަނީ ކޮންމެވެސް އެކްޓެއް ކުރާ މަންޒަރެއް ނުވަތަ ނަށާ މަންޒަރުތަކެވެ. އަދީ މީގެ ތެރޭގައިވެސް ގިނައީ ކޮޕީ ޓްރެންޑްތައް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދ ބައެއް ޓިކްޓޮކްތަކަށް ގިނަ ބަޔެއްގެ ފާދުކިޔުންތައް އަމާޒުވާއިރު ހަމަ އަސްލުވެސް ޓެލެންޓް ދައްކާލާ ކުދިންވެސް މީގެ ތެރޭގައި ހިމެނެއެވެ. 

އެގޮތުން މިފަހަކުން އައިސް ޓިކްޓޮކް ބޭނުންކުރަން ފެށި ރާއްޖޭގެ މަޝްހޫރް އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދްގެ ޓިކްޓްކޮށްތައް ފެންނަނީ ވަރަށް ތަފާތުކޮށެވެ. މަޝްހޫރް ސެލެބްރެޓީއަކަށް ވީނަމަވެސް މިރާ ފެންނަނީ ދިވެހި ޓިކްޓޮކް ތަރިންނާއި ހިލާފަށް ލަވަކިޔުމުގެ ހުނަރުން ޕްލެޓްފޯމް ފަޅުފިލުވާތަނެވެ. 


އަލަށް ޓިކްޓޮކާއި ގުޅުނުނަމަވެސް މިހާރުވެސް 8000 އަށްވުރެ ގިނަ ފޮލޯވަރުންތިބި މީރާ ފެންނަނީ އޭނަ އަމިއްލަޔަށް ޓިކްޓޮކް ލުމުގެ ބަދަލުގައި ފޭނުންގެ ރިކުއެސްޓްތަކަށް ޓިކްޓޮކްތައް ޕޯސްޓްކުރާތަނެވެ. އެގޮތުން އިގިރޭސި ލަވަވެސް ހިމެނޭގޮތަށް މީރާ ދަނީ ފޭނުން އެދޭ ލަވަތައް ޓިކްޓޮކްގައި އަމިއްލަޔަށް ކިޔާ ހިއްސާކުރަމުންނެވެ. 

ދުނިޔޭގެ މަޝްހޫރް ލަވަކިޔުންތެރިންގެ ލަވަތަކަށް ވެސް ގިނަ ބަޔަކު ރިކްއެސްޓް ކުރާއިރު މީރާ ދަނީ އެހުރިހާ ރިކުއެއްޓްތަކަކަށް ލަވަތައް ޓިކްޓޮކްގައި ޕޯސްޓް ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ މީރާގެ ލަވަކިޔުމުގެ ހުނަރަށް ތައުރީފް ކުރަމުންނެވެ. އެތައް ބައިވަރު ކޮމެންޓެއް ކޮންމެ ވީޑިއޯއަކަށް ލިބެމުންދާއިރު، ހުރިހާ ކޮމެންޓެއް ކަހަަ؛ލަ ގޮތަަކަށް ހުންނަނީ ކޮންމެވެސް ލަވަޔަކަށް ރިކުއެސްޓް ކޮށްފައެވެ. 


މީރާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ލަވަކިޔުންތެރިޔާއެވެ. ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުއްޓިފައިމިވާ ދަނޑިވަޅުގައި މީރާ ހުނަރު ޝޯކޭސް ކޮށްލުމަށް ބޭނުން ޓިކްޓޮކް ބޭނުން ކުރަމުންދާއިރު، މިއީ ހަމަ ގައިމުވެސް ރާއްޖޭގެ ގިނަ ޓިކްޓޮކް ކުޅޭ ކުދިންނަށް ހުރި ލާމަސީލް މިސާލަކަށް ވާނެއެވެ. 

47%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް