ads
އަހުމަދު އާސިމް ގަމިނި ސީރީޒްގެ މަންޒަރެއްގައި: -
ފައުޒީގެ ގޭންގުން އަޅުގަނޑަށް ހަމަލާ ދީފި: ފިލްމީ ތަރި އާސިމް
ދިވެހި ފިލްމީތަރި އަހުމަދު އާސިމަށް ގޭންގަކުން ހަމަލާ ދީފިއެވެ.

އޭނާ މިއަދު ސީއެންއެމްއަށް ބުނީ ހަމަލާ ދީފައިވަނީ، ކިންގްސް ކޯނާ ރެސްޓޯރަންޓުގައި އޭނާ އިންދައި އައި ގޭންގަކުން މިއަދު މެންދުރު ފަހު ކަމަށެވެ. 

މީގެ ދުވަސްކޮޅެއް ކުރިން އަހުމަދު އާސިމް އަށް ވަނީ މީހަކު މަގުމަތިން އިންޒާރުދީ ފުރައްސާރަކޮށްފައެވެ. 

އޭނާ ބުނީ މީގެ ކުރިން އިންޒާރު ދިނީ ގުރުއާން ކުލާހެއް ހިންގާ ފައުޒީ ކިޔާ މީހެއްކަމަށެވެ. ނަމަވެސް އޭނާ އަށް އެމީހާ ފުރައްސާރަކޮށް އަނިޔާކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް އާސިމް ބުންޏެވެ. އަދި އޭނާއަށް ފައުޒީ އެނގުނީ ވެސް މަގުމަތިން ފުރައްސާރަކުރުމުން އޭނާގެ ފޮޓޯ ނަަގައި މީހުންކައިރީ އަހައިގެން އެއީ ކާކުތޯ ސާފުކުރުމުން ކަމަށް ވެސް އާސިމް ބުންޏެވެ. 

"ބެލެވެނީ އެ މައްސަލަ ފުލުހުގައި ޖެއްސީމަ ދިން ހަމަލާއެއް ކަމަށް،" އާސިމް މިއަދު ބުންޏެވެ.

އާސިމް އަށް ހަމަލާ ދިން މީހުން ވަނީ އޭނާގައިގައި ތަޅާ މާރާމާރީ ހިންގުމަށްފަހު އެ ރެސްޓޯރަންޓުގައި ހުރި ބައެއް ތަކެތި ވެސް އުކާލާފައެވެ. 

އޭނާ ބުނީ އެ ރެސްޓޯރަންޓުގައި ސީސީޓީވީ ވެސް ހުންނަކަމަށެވެ. އެހެންކަމުން ހަމަލާ ދިން މީހުން ސީސީޓީވީ އަށް ވެސް އަރާނެކަމަށެވެ. 

އޭނާއަށް ހަމަލާ ދިން މައްސަލަ ވެސް އޭނާ ވަނީ ފުލުހުގައި ޖައްސާފައެވެ. ކިންގްސް ކޯނާއަށް ފުލުހުން ގޮސް ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. 

17%
ކަމުގޮސްފި
61%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް