ހުޅުމާލެގައި އަލިފާނުގެ ހަދިސާއެއް ހިނގައިފި
ފާތިމަތު އަހްމަދު ޝަރީފް
05 އޭޕްރީލް 2021 - 16:45:14
ހުޅުމާލެގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި އެ ސަރަހައްދުގައި އަލިފާން ރޯވެފައިވަނީ ވިފްކޯ ގަރާޖް ކުރިމަތީ ހުރި ކުނިތަކެއްގައެެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:29ގައި ކަމަަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަށް ބަލާއިރު އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ހިފާފައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެ ސަރަަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ޓީމް ހަރަކާތްތެރިވެފައިވާއިރު އެ އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް