
ދެ ގައުމުގެ ހާރިޖީ ވަޒީރުންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، މިނިސްޓަރު ޝާހިދު ވިދާޅުވީ، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައެވެ.
އަދި ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން، ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ޓީމޯލެސްޓޭގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އިންޑޮނީޝިއާގެ އިރުމަތީ ނުސާ ޓެންގަރާއަށް ކުރިމަތިވި ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެތަކެއް ގެދޮރު ހަލާކުވެ، އެތައްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށާއި އިންޑޮނޭޝީއާގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ، މީހުން ސަލާމަތްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ހިތްވަރު ދެއްވިއެވެ.