ads
ވެކްސިން ޖަހަނީ
ރާއްޖެއިން ބޭރަށްދާން ޖެހޭ މީހުންނަށް 4 ހަފްތާ ވުމުން ދެވަނަ ޑޯޒް ޖެހޭނެ: އެޗްޕީއޭ
އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާން ޖެހޭ މީހުންނަށް 4 ހަފްތާ ވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައި ވާއިރު، އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުންނަށް، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރާތާ 4 ހަފްތާ ވުމުން ދެވަނަ ޑޯޒް ޖެހިދާނެ ކަމަށެވެ. 

ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒްގެ އެންމެ ފުރިހަމަ އަސަރު ކުރާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ އާއި 12 ހަފްތާ އާއި ދެމެދުގެ މުއްދަތެއް ހަމަވުމުން ކަމަށާއި، އެހެންކަމުން ރާއްޖެއިން ބޭރަށް ދާންޖެހޭ ދަތުރުތައް ހަމަޖެއްސުމުގައި އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހަން ފަށާފައި ވާއިރު، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ވުމުން ދެވަނަ ޑޯޒް ޖެހޭނެއެވެ. އެގޮތުން މިހާތަނަށް 5 ހާހަށްވުރެ ގިނަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. 

މީގެއިތުރުން މިހާރު ފާއިޒާ ވެކްސިން ޖަހަން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނަފޯމް ވެކްސިން ޖަހާ މީހުންނަށް ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ވުމުން ދެވަނަ ޑޯޒް ޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

ވެކްސިންގެ ދެވަނަ ޑޯޒްގެ ގޮތުގައިވެސް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާފައިވާ ވެކްސިނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް