ހަމަލާ ދިނުމާއި ގުޅިގެން އޭނާ އިއްޔެ ވަނީ ފުލުހުގައި މައްސަލަ ވެސް ޖައްސާފައެވެ. އަދި އައިޖީއެމްއެޗް އަށް ކަންފަތް ޑޮކްޓަރަށް ދެއްކުމުން ކަންފަތުގެ އެތެރެއަށް ލޭ ފައިބާފައިވާކަމަށް ޑޮކްޓަރު ބުނިކަމަށް އެނާ މިއަދު ބުންޏެވެ.
އެ ހަމަލާ ދިނުމުގެ ކުރިން މީހަކު ވަނީ އެނާއަށް މަގުމަތިން ވެސް ފުރައްސާރަކޮށް އިންޒާރު ވެސް ދީފައެވެ.
އާސިމް ބުނީ އޭނާއަށް ފުރައްސާރަ ކުރި މީހާގެ މައްސަލަ ވެސް ފުލުހުގައި ޖައްސާފައިވާކަމަށެވެ. އަދި އޭނާގެ ވީޑިއޯ ވެސް ފުލުހުންނަށް މިހާރު ދީފައިވާނެކަމަށާއި، ހޯމަ ދުވަހު ހަމަލާ ދިނީ އޭނާއާއި ފޮށުނު މީހާގެ މައްސަލަ ފުލުހުގައި ޖެއްސުމުންކަމަށް ބެލެވޭކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް އެމީހުން އޭނާއަށް މަގުމަތިން ފޮށި އިންޒާރުދީ އަނިޔާކުރަންޖެހޭފަދަ އެއްވެސް ކަމެއް އޭނާ ކޮށްފައި ނޯންނާނެކަމަށް ވެސް އާސިމް ބުނެއެވެ.