ads
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް-
ވޯޓުލާން އައީ ހުއްދަ ހޯދައިގެންތޯ އީސީއަކުން ނާހާނެ: ޝަރީފް
ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒަށް އަންނަ މީހުން އައީ ހުއްދަ ހޯދައިގެންތޯ އިލެކްޝަން ކޮމިޝަނުން ނުބަލާނެކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ވޯޓުލާ މަރުކަޒަށް ވޯޓުލާން އައުމުން އެމީހާ އައީ ކޮންތާކުން ކިހިނެއްތޯ، ނުވަތަ ހުއްދަ ހޯދައިގެންތޯ އީސީން ނުބަލާނެ ކަމަށާއި، ވޯޓުލާ މަރުކަޒަށް އައުމުން ވޯޓުލާން އައުމުން އެމީހާގެ ނަން ވޯޓާސް ރަޖިސްޓާ ލިސްޓުގައި އޮވެއްޖެނަމަ ވޯޓު ލެވޭނެ ކަމަށެވެ. 

ބެލެވޭގޮތުގައި ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ވޯޓުލުމަށް އެއްރަށުން އަނެއްރަށައް ދެވޭގޮތަށް އޮތް އޮތުމަށް އިޝާރާތް ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން އެއްރަށުން އަނެއް ރަށައް ދިއުމުގެ ހުއްދަ ދޭނެ ކަމަށާއި، އެގޮތުން މޮނީޓަރީންގެ ހާލަތުގައި އޮތް ރައްރަށައްވެސް އެރަށެއްގެ ޓާސްކް ފޯހާއި ގުޅިގެން ހަމައެކަނި ވޯޓުލުމަށް އެރަށަކަށް އެރުމުގެ ހުއްދަ ލިބޭނެކަމަށް އެޗްޕީއޭއިން ބުނެފައިވާކަމަށްވެސް މީގެކުރިން ޝަރީފް ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން ކަރަންޓީނުގައި ތިބޭ މީހުންނަށް ވެސް ވޯޓު ލެވޭނެ ގައިޑްލައިން މިހާރުވަނީ އާންމުކޮށްފައެވެ. އެގޮތުން އެ ގައިޑްލައިނުގައި ވާގޮތުން ވޯޓުލުމުގެ ރަސްމީ ވަގުތު ނިމުމުން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން އެއް ގަޑީރު ހާއްސަކުރެވިގެންދާނެ އެވެ. އަދި އެ ވަގުތުގައި އެމީހުން ވޯޓުލާ މަރުކަޒަށް ގެނައުމުގެ އެއްވެސް ޒިންމާއެއް އީސީއަކުން ނުއުފުލާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް