ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓްތަކުގެ ގުރުއަތުނެގުން މިމަހުގެ 8 ވަނަ ދުވަހު
ހިޔާ ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހިޔާ ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ގުރުއަތުލުން ނެގުމަށް ހަމަޖެހިފައިވަނީ H10 (ހާއްސަ އެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީ ކަމަށެވެ. 

އެޗްޑީސީން ބުނީ މިމަހުގެ 8 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން H10 ކެޓަގަރީން ފެލްޓް ލިބުނު އެންމެންގެ ގުރުއަތުލުން ނިމެންދެން ގުރުއަތުލުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށާއި، ގުރުއަތު ނަގާނީ މި ކެޓަގަރީން ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑު ނަމްބަރު ތަރުތީބުން ކަމަށެވެ. 

އަދި ގުރުއަތު ނަގާނީ ޕީއެސްއެމްއިން ލައިވްކޮށް ދައްކަމުން ކަމަށާއި، ގުރުއަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. މީގެ އިތުރުން، ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެ ކަމަށާއި، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ ކަމަށާއި މެސެޖުގައިވާ ލިންކު މެދުވެރިކޮށް ނެގުނު ފުލެޓްގެ އިތުރު މައުލޫމާތު ފެނިލައްވާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދެއެވެ. 

މީގެއިތުރުން އެޗްޑީސީން ބުނީ ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް