ads
މޯލްޑިވް ގޭސް އެމްޑީ؛ ޝަޒައިލް
ޝަޒައިލްގެ މަނީ ލޯންޑަރިން މައްސަލައެއް ފާހަގައެއް ނުވޭ: ފުލުހުން
މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށް މަނީ ލޯންޑަރީގެ ތުހުމަތު ކުރެވި އެމައްސަލަ ފުލުހަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން، އޭނާގެ މަނީ ލޯންޑަރިން މައްސަލައެއް ފާހަގަ ނުވާކަމަށް ފުލުހުން ބުނެފިއެެވެ.

ޝަޒައިލްގެ މައްޗަށް ކުރެވުނު ރިޝްވަތުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމައި އޭނާގެތަހުގީގުގެ ތެރެއިން އިތުރު 4 ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނު ކަމަށް ބުނެ އޭނާގެ މައްޗަށް މަނީ ލޯންޑަރިން މައްސަލައެއް ތުހުމަތުކޮށް ފުލުހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުއެވެ. 

ނަމަވެސް މިއަދު ފުލުހުން ޝަޒައިން އަށް ދޫކުރި ލިޔުމުގައި ބުނެފައިވަނީ އޭސީސީން މަނީ ލޯންޑަރިންގެ ތުހުމަތު ކުރިނަމަވެސް، އެފަދަ މައްސަލައެއް ފާހަގަ ނުވާތީ ފުލުހުން އެނާގެ މައްސަލ ފައިލްކުރި ކަމަށެވެ. 

ޝަޒައިލްއަށް ރިޝްވަތުގެ ތުހުމަތު ކުރެވި އެމައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެމައްސަލަ ރައީސް އޮފޯހުން އޭސީސީއަށް ހުށަހެޅުމުންނެވެ. އެމައްސަލާގައި މިއަހަރުގެ އޮކްޓުބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭނާހުރީ ސަސްޕެންޝަނުގައެވެ. 

މީގެއިތުރުން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ވެސް ބެލިއެވެ. އެގޮތުން އެކޮމިޓީން ވަނީ މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި، މައްސަލަ ތަހުގީގުކޮށް ނިންމުމަށް އޭސީސީގައި އެދިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް