އެގޮތުން ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުއަރާފައިވާ މަޝްހޫރު ފިލްމީތަރި ވިކީ ކޯޝަލް ވަނީ ކޮވިޑަށް ޕޮޒިޓްވެފަ އެވެ. ވިކީ އަށް ކޮވިޑް ޖެހުނުތާ މާގިނަ ދުވަސް ނުވަނީސް ކެޓްރީނާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެކަން ހާމަކުރަމުން ކެޓްރީނާ ވަނީ އޭނާގެ އިންސްޓާގްރާމްގައި އެންމެންވެސް ކޮވިޑުން ރައްކާތެރިވުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އޭނާ މިހާރު ހުރީ ސެލްފު އައިސޮލޭޝަންގައި ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން ބޭސްކުރަމުން އަންނަ ކަމަށް ވެސް ކެޓްރީނާ ވަނީ ބުނެފަ އެވެ.
ފޮޓޯ----
ބޮލީވުޑްގެ ގިނަ ތަރިން މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވެފައެވެ. ދާދި ފަހުން އާލިއާ އަދި އަކްޝޭ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެމީހުން މިހާރު ވަނީ ސެލްފް އައިސޮލޭޝަންގަ އެވެ.