ads
ރިއާލްގެ ކުޅުންތެރިން
ޗެމްޕިއަންސް ލީގު: ލިވަޕޫލް އަތުން ރެއާލްއަށް ފަސޭހަ މޮޅެއް
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ލިވަޕޫލް އަތުން ރެއަލް މެޑްރިޑް ފަސޭހަކަމާ އެކު މޮޅުވެއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ރިއަލް މެޑްރިޑް- ލިވަޕޫލްގެ ފުރަތަމަ ލެގުން ރިއަލް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ތިން ލަނޑު އެއް ލަނޑުން ރެއަލް މެޑްރިޑް މޮޅުވީ، އަނިޔާގެ ސަބަނުން ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ޓީމުގައި ނުހިމަނައެވެ. އަދި މުހިއްމު ޑިފެންޑަރު ރަފޭލް ވަރާން ވެސް މި މެޗުގައި ނުކުޅެއެވެ. ވަރާންއަށް މި މެޗުގައި ނުކުޅެވުނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީއެވެ.

ލިވަޕޫލް ކޮޅަށް އަންގާރަ ދުވަހުގެ ރޭ ރިއާލުން ލަނޑު ޖެހީ ބްރެޒިލުގެ ޒުވާން ތަރި ވިނީޝިއުސް ޖޫނިއާ އަދި މާކޯ އެސެންސިއޯއެވެ. 

ވިނީޝޫސްވަނީ ލިވަޕޫލް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ ސަލާހެވެ.

ލިވަޕޫލްއާ ރެއަލް މެޑްރިޑްގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައި އެންފީލްޑްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް