ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
މުޅި ގައުމުގެ ފަރާތުން ރައީސް، ސިއްހީ އެހީތެރިންނަށް ޝުކުރު ދަންނަވައިފި
ދުނިޔޭގެ ސިއްހަތު ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުޅި ގައުމުގެ ފަރާތުން ރައީސް ސިއްހީ އެހީތެރިންނަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މުޅި ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްހީ ހީނަރު ކަމުގެ ތެރޭގައި ވެސް ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން ކުރަށްވާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ. 

އެހެން ކަމުން މިކަމަށްޓަކައި އެންމެހާ ރައްޔިތުންގެ ފަރާތުން ސިއްހީ މާހިރުންނަށް ޝުކުރު އަދާ ކުރާ ކަމަށްވެސް މި ޓްވީޓުގައި ވެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހަކީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. އެގޮތުން އެންމެ ފުރަތަމަ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކޮށްފައި ވަނީ 1950 ވަނަ އަހަރު އޭޕްރީލް ހަތެއްގައެވެ. 

އަދި މި ދުވަހުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާ، އެ އިރެއްގައި ސިއްހީ ގޮތުން ދިމާ ވެފައިވާ އެންމެ މުހިންމު  ކަމަކަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރެވިގެން ދެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް