ads
ނ. މަނަދޫ އާ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ޕްރޮޖެކްޓު ސައިޓު މޮބަލައިޒް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ
މަނަދޫ އާނެރު ފުންކުރުމާ ބޭރުތޮށިލުމުގެ އަމަލީ މަސައްކަތް ފެށަނީ
ނ. މަނަދޫ އާނެރު ފުންކުރުމާ ބޭރުތޮށިލުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެ، ސައިޓް މޮބަލައިޒް ކޮށްފި އެވެ.

އެކަމަށްޓަކާ އެމްޓީސީސީން ވަނީ މިއަދު މަނަދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 

އެގޮތުން މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމް އަދި ސީއީއޯ އާދަމް އާޒިމްގެ އިތުރުންވެސް ކުންފުނީގެ އިސްވެރިން، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އަދި މަނަދޫ ކައުންސިލްގެ ރައީށް މުހައްމަދު އުމަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި މަޝްރޫއުގެ ދަށުން މަދަނޫގައި 29،038 ކިއުބިކްމީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 290 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް، ދެ މީޓަރު 244 މީޓަރު ބްރިޖެއް އެޅުމުގެ މަސައްކަތުގެ އިތުރުން ބަނދަރު އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 29.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މިއީ 300 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް