ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
ކޮރަޕްޝަނަށް މަގުފަހިވާ ކުންފުނިތައް އުވާލަނީ!
ކުންފުނިތަކުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެންދާނެ: މިނިސްޓަރު
އުފެއްދުންތެރިކަމެއް ނެތް އަދި ދައުލަތަށް ގެއްލުންވަމުން އަންނަ ކޮރަޕްޝަނަށް މަގުފަހިވާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތުގެ ދަށުން މިހާރުވެސް 17 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނާއި ވަޒީފާއާއި ބެހޭ ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިނަ ކުންފުނިތަކެއް އުފެއްދުން ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލަކުން ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކުންފުނިތަކަކަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ކުންފުނިތަކުގެ އުސޫލުތައް ހުންނަ ގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންތައް ހުރިކަމަށް އެބޭފުޅާ ވަނީ ފާހަގަ ކުރައްވާފައެވެ. 

"އަލަށް އެކުލަވާލެވުނު ޕްރޮކިއުމަންޓް ގައިޑްލައިނާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާނެ މިންގަނޑާއެކު، ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެންދާނެ،" - ފިނޭންސް މިނިސްޓަރު

ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނާއި ވަޒީފާއާއި ބެހޭ ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް އިފްތިތާހު ކުރުމުގެ މި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، އިސްރާފު ކުރުމާއި ފަސާދަ ކުރުން މި ކަމާއި ގުޅިގެން ކުޑަ ކުރެވިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކުންފުނި ތަކުގެ ހިންގުން ހަރުދަނާ ކުރެވިގެން ދާނެ ކަމަށް ވެސް ޒިޔަތު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް