ads
ބީއެމްއެލް ---
ރޯދަ މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގަޑިތައް އެ ކުންފުނިން އާންމު ކޮށްފި އެވެ.

އެގޮތުން ރޯދަ މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ ހަަތް ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް މީއެމްއެލް އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި ދުވަސްތަކުގައި އެ ކުންފުނީގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. 

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި، ޓީޓީ ޓްރާންސެކްޝަން، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން، މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދިނުން އަދި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސްގެ ހިދުމަތް ރޯދަ މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ ހަަތް ދުވަހު ދިނުމަށް ހަމަޖައްސާފައިވަނީ، ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހުން ދުވަހަށް ޕްރޮސެސް ކުރާ ގޮތަށް ކަމަށެވެ. 

ހަމައެއާއެކު، އެހެން ބޭންކު ތަކުގެ ޗެކް އެދުވަހުން ދުވަހަށް ޕްރޮސެސް ކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 10:00ގެ ކުރިން ޗެކު ޖަމާކުރާ ނަމަ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އަދި އޭގެ ފަހުން ލިބޭ ރިކުއެސްޓުތައް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުން ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

ބީއެމްއެލްގެ ގިނަ ހިދުމަތްތަކަކީ މިހާރުވެސް ގޭގައި ތިބެގެން، އޮންލައިންކޮށް ހޯދޭ ހިދުމަތްތަކެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް