ads
ޒިކުރާ މިސްކިތް މިހާރު ވަނީ ތަޅާލާފައި:-
ޒިކުރާ މިސްކިތް ހުރި ބިމުން އާސާރީ ތަކެތި ފެނިއްޖެ
ޒިކުރާ މިސްކިތް ހުރި ސަރަހައްދުން އާސާރީ ތަކެތި ފެނިއްޖެ ކަމަށް ނެޝަނަލް ސެންޓާ ފޯ ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފިއެވެ.

މިގޮތުން ފެނުނު ބައެއް ތަކެތީގެ ފޮޓޯވެސް އެ ސެންޓަރުން މިއަދު ވަނީ އާންމުކޮށްފައެވެ. 

އޭގެތެރޭގައި މަހާނަގާ ވެސް ހިމެނެއެވެ.

"މާލޭ ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީ ތަކެތި ފެނުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައި ވާގޮތުގެމަތިން ވަގުތީގޮތުން މަސައްކަތް ހުއްޓުވައި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މި މަރުކަޒުން މިދަނީ މަސައްކަތް ކުރަމުން،" -ހެރިޓޭޖް-

އިއްޔެ ޒިކުރާ މިސްކިތް ހުރި ސަރަހައްދުން ގަބުރު ވެސް ފެނިފައިވެއެވެ. ނަމަވެސް އިއްޔެ ވަނީ ގަބުރުތައް ސާފު ކުރުމަށްފަހު މަސައްކަތް ފަށާފައެވެ. ނަމަވެސް މިއަދު އާސާރީތަކެތި ފެނުމުން މިއަދު އެ މިސްކިތް ހުރި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ވަނީ ހުއްޓުވާފައެވެ. 

ޒިކުރާ މިސްކިތް ހުރި ސަރަހައްދުގައި އަންނަނީ ރޯދަމަހަށް މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް