ރައީސް ނަސީދު ރައްވެހި ފަތިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ:- ފޮޓޯ ސޯސަލް މީޑިއާ
އަންނި މުސްކުޅިވެއްޖޭ ބުނާ ވާހަކައަކީ ތެދެއް: ރައީސް ނަޝީދު
Share
"އަންނި" މުސްކުޅިވެއްޖޭ ބުނާ ވާހަކައަކީ ތެދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

"އައްނި" އަކީ ރައީސް ނަޝީދަށް ކިޔާ ވަ ނަމެވެ. 

ރައީސް ނަޝީދު މިއަދު ހަވީރު ރައްވެހި ފަތިހުގެ ކެންޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މުޅި ހަޔާތް ހޭދަ ކުރައްވާފައިވަނީ ރައްޔިތުންގެ ހައްްގުތައް ހޯދައިދިނުމުގައި ކަމަށެވެ. 

"އަންނި މުސްކުޅިވެއްޖޭ ބުނާ ވާހަކައަކީ ތެދެއް. މުޅި އުމުރު ހޭދަމިކުރާނީ ރައްޔިތުން އެދޭ ބަދަލުތައް ހޯދަން. 1986 ވަނަ އަހަރުން ފެށިގެން އަޅުގަނޑު މި އަންނަނީ މާލޭގެ ގެތަކަށް ވަންނަމުން،" -ރައީސް ނަޝީދު -

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރެއްވި ސިޔާސީ މަސައްކަތުން ދޭހަވީ އެއްކަމަކީ މާލޭ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވާކަަންކަމަށެވެ. 

ބައެއް އާއިލާތަކަށް ރަސްކަން ކުރި ޒަމާނުއްސުރެ ދިރިއުޅޭނެ ތަނެއް ދީފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިގޮތުން މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ނެންގެވީ ޕްރިޕެއިޑް ޝިއުނާގެ އާއިލާއެވެ.

"ޝިއުނާއަށް އަށް ހިޔާ ފްލެޓުން ފްލެޓެއް ނުލިބޭ. މިފަދަ ކިތަންމެ އާއިލާއެއް އެބަތިބި،" - ރައީސް ނަޝީދު -

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބިސް އަޅަން ހެދި ހާއްޔެއް ކަމަށެވެ. 

"އާންމުކޮށް ކޮވެލީގެ އުސޫލެއް އެއީ ކާޅު ހާލު ހެދީމާ ބިސްއެޅުން. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް. އެމްޑީޕީން ބިސް އަޅަން ހެދި ހާއްޔެއް،" - ރައީސް ނަޝީދު -

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމައަށް ރާއްޖޭގައި ކުރިއަށް ގެންދެވޭނީ އެމްޑީޕީއަށް ކަމަށާއި، އެހެންކަމުން އެމްޑީޕީގެ މޭޔަރުކަމަށް އަނަސް އަށް އަދި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އެމަނިކުފާނު ވަނީ މާލޭގެ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ. 

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް