ads
ޕާކިސްތާނު ސަސްޕެންޑް ކުރީ ބުދަ ދުވަހު
ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަން އަނެއްކާވެސް ސަސްޕެންޑްކޮށްފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން، ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަން އަނެއްކާވެސް ސަސްޕެންޑްކޮށްފިއެވެ. ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކުރިކަން އިއުލާން ކުރީ ބުދަ ދުވަހުއެވެ.

ފީފާއިންވަނީ މީގެ ކުރިންވެސް ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފައެވެ. އެ ފަހަރުވެސް ސަސްޕެންޑް ކުރީ މި ފަހަރެކޭ އެއް ގޮތަށް، ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންތައް ވަންނަން ފެށުމުންނެވެ. ކުރިން ސަސްޕެންޑް ކުރީ ދެހާސް ސަތާރަވަނަ އަހަރުއެވެ.

 އޭގެފަހުން ސަސްޕެންޝަން އުވާލައި، ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން އައީ ކަންކަން މަޑުމަޑު ހަމައަކަށް އެޅެމުންނެވެ. އެހެންނަމަވެސް އަނެއްކާ މީގެ ކުޑަ ދުވަސްކޮޅެްއ ކުރިން ހުރިހާ ކަމެއް ގޯސްވެ އެންމެ ފަހުން ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނީއެވެ.

ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކުރުމާ ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަ ޖައްސާފައިވާ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ. އެ މުބާރާތުގެ ކުރިން މަޝްރަހު ހަމައަކަށް އެޅި ސަސްޕެންޝަން އުވާ ނުލައިފިނަމަ އެ މުބާރާތުގައި ޕާކިސްތާނަކަށް ވާދައެއް ނުކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް