ads
ހައްޔަރުކުރި މީހުންގެ އަތުން ފެނުނު ބަނގުރާ ފުޅިތައް
ބަނގުރާފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ.

އެމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕީއެލް ޖެޓީ ކައިރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ހުއްޓުވި ކާރެއްގެ ޑިކީން ފެނުނު ދަބަހެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނުމާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ބްރިޖް ހައިވޭ އިން ދުއްވާފައި ދަނިކޮށް ހުއްޓުވައި، އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ފުޅި ފެނުމާ ގުޅިގެންނެވެ.

މި ދެމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް