ads
ހިޔާ ފްލެޓްތައް--
ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަަށަނީ!
ހިޔާ ފްލެޓްތަކުގެ ދާއިީމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހައްގުވާ ފަރާތްތަކަށް ފްލެޓް ދިނުމުގެ އެއްބަސްވުން ހެދުން ހިމެނޭހެން ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ގުރުލުމާއި، އެގްރީމަންޓް ހެދުން ހިމެނޭހެން ތަން ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ކަމަށެވެ. 

މާދަމާ އޮންނާނީ މީގެ ތެރެއިން ގުރުލުމުގެ މަސައްކަތްކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މަސައްކަތާއިއެކު މި ހިސާބުން ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ފަށައިގަތީ ކަމަށާއި، ދާއިމީ ލިސްޓުގައި ހުރި ފަރާތްތަކުގެ ތެރެއިން ފްލެޓްތައް ދޫކުރާނީ އިތުރު މައްސަލައެއް ފާހަގަނުވާ ފަރާތްތަކަަށް ކަމަށެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ދާއިމީ ލިސްޓުގައި ގެއެއް ނުވަތަ، ގޯއްޗެއް ނުވަތަ ފްލެޓް ފަދަ ތަންތަން ހުރި މީހުންގެ ނަން އޮތްކަން ވެސް ފާހަގަ ވެފައިވާކަމަށާއި، އަދި އެޕްލައިކުރިއިރު ދެމަފިރިންގެ ގޮތުގައި ތިބި ނަމަވެސް މިހާރު ވަރިވެފައިވާ މީހުންވެސް އޭގެތެރޭގައި އެބަތިބި ކަމަށެވެ. މިނިސްޓަރު އަސްލަމް ވަނީ ފްލެޓް ކޮމެޓީން ދާއިމީ ލިސްޓް އާއްމުކުރިއިރު، އެހެންހުރި 8 ކަމެއް އިތުރަށް ބަލައިދިނުމަށް އެދުނުކަން ފާހަގަކުރައްވާ މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށް ވިދާޅުވެފައެެވެ. 

"އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގައި ހިމެނޭ 12 ފަރާތެއްގެ އިތުރަށް ސާފުކުރަންޖެހޭ ކަންކަން އެބަހުރި، އެއްވެސް ފަރާތްތެއް އަޅުގަނޑުމެން އަދި އުންޏެއް ނުކުރަން ދާއިމީ ިސްޓަކުންނެއް. އަޅުގަނޑުމެން އެ މައުލޫމާތު ސާފުކުރާއިރު ސައްހަ ނޫން މައުލޫމާތެއް ފާހަގަކުރެވިއްޖެނަމަ އަޅުގަނޑުމެން މިދަނީ އެފަދަ ފަރާތްތަކާއި ގުޅާ ކަންކަން ސާފުކުރަމުން" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓްތައް ހަވާލުކުރަން ނިންމާފައިވަނީ ހުރިހާ މީހުންގެ މިހެންހުރި ހުރިހާ ކަމެއް ހައްލުވަންދެން ފްލެޓްތައް ނުދީ ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެންނާތީ ކަމަށެވެ. 

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް