ads
ފޮޓޯ: އެމްޓިސީސީ
ހޯރަފުށީ ފެރީ ޓާމިނަލް ބިންގާ އަޅައިފި
އ. ހޯރަފުށީ ފެރީ ޓާމިނަލް ބިންގާ އަޅާ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

އެ ޓާމިނަލަކީ ދިވެހިރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ރަށްތަކުގެ ތެރެއިން ހއ. އަތޮޅާއި،  ހދ. އަތޮޅާއި،  ށ. އަތޮޅަށް ފޯރުކޮށްދޭ ފުރަތަމަ ސްޕީޑް ފެރީގެ
ހިދުމަތެވެ. 

ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާމިނަލެއް 41 ރަށެއްގައި ގާއިމުކުރެވޭއިރު، އެނިޒާމް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ލިބޭނެ އާ ނިޒާމެއްގެ ގޮތުގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން މިއަދު އިފްތިތާހް ކުރެވުނު ނިޒާމް އަކީ އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެއް ކަމަށާއި، އަދި މިނިޒާމްގައި ބޭނުންކުރާނެ ފެރީ ތަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

"މިފެރީތައް ބަނުމުގައި އިސްކަންދީފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަށް. މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައިވާނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަކަށް. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ގައިމްކުރެވޭނެ." އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީީސީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގޮތުގައި ދެމިތިބުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް