ads
ފޭސް މާސްކެއް ބޭނުން ކުރަނީ ---
ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުން ކުރެވިދާނެ ތިން ފޭސް މާސްކު
ހަފްތާގެ ގިނަ ވަގުތު މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ތިމާގެ ހަންގަނޑަށް ބޭނުންވާ ސަމާލުކަން ނުދެވުމަކީ ގިނަ ބަޔަކު އެކަމާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ނަމަވެސް މިއީ މޫނުގެ ހަންގަނޑުގެ ތާޒާކަން ގެއްލި، މީހާގެ ހަންގަނޑު ހަލާކުވާން ދޫކޮށްލަންވީ ސަބަބެއް ނޫނެވެ.

ދުވާލުގަޑި މީހާގެ  ހަންގަނޑު ރީތިކޮށް ބެހެއްޓެއް ވަކި ހާއްސަ ކަމެއް ނުކުރެވޭނަމަ، ރޭގަނޑު ނިދާ ގަޑީވެސް ގިނަ މީހުން އެކި ކަންކަން ކުރެއެވެ. އެގޮތުން ނައިޓް ކްރީމް ފަދަ އެކި ސްކިން ކެއާ ޕްރޮޑަކްޓްތައް ބޭނުން ކުރެއެވެ.

ތިރީގައި މިއޮތީ، ބުރަ ދުވަހަކަށްފަހު ގެއަށް އައިސް ރޭގަނޑު ނިދުމުގެ ކުރިން ބޭނުން ކުރެވެނެ ތިން ފޭސް މާސްކެވެ. 

  • މާމުއި އަދި އޯޓްމީލް

މި މާސްކު ތައްޔާރު ކުރާނީ ދެ މޭޒުމަތީސަމްސާ މާމުއި އަދި ދެ މޭޒުމަތީސަމްސާ އޯޓްމީލް އެއްކުރުމަށްފަހު އެވެ. އަދި ބޭނުންނަމަ މާމުޔާއި އޯޓްމީލް އެއްކޮށްގެން ހަދާ މި ޕޭސްޓަށް ރޯސްވޯޓާ އެޅޭނެއެވެ. އެގޮތުން މި މާސްކު އެޅުމަށްފަހު ހެނދުނު ވަންދެން ބަހައްޓަން ޖެހެއެވެ. އެގޮތުން ނިދާ އިރު މި ޕޭސްޓު މޫނުގައި ހޭކުމަށްފަހު، ހެނދުނު ހޭލުމަށްފަހު ތާފަނާ ފެނުން މޫނު ދޮންނަން ޖެހެއެވެ. 

އޯޓްމީލްއަކީ "އެކްސްފޯލިއޭޓާ" އެކެވެ. އެގޮތުން މި ފޭސް މާސްކު ބޭނުންކުރުމުން މޫނުގައި ހުރި އޯޓްމީލްގެ އެހީގައި މަރުވެފައިވާ ސެލްތައް އެކްސްފޮލިއޭޓް ކުރެވެއެވެ. އަދި މާމުއި ބޭނުން ކުރެވެނީ ހަންގަނޑަށް ބޭނުންވާ މޮއިސްޗަރައިޒާއެއްގެ ގޮތުގައެވެ. މިއީ މޫނުމަތި މާ ތެޔޮ ނަމަ، ނުވަތަ މާ ގަދައަށް މޫނުގައި ބިހި ނަގާނަމަ ބޭނުން ކުރެވޭނެ މާސްކެކެވެ. މިއީ ހަފްތާއަކު ދެ ދުވަހު މޫނުގައި ބޭނުން ކުރުން ރަނގަޅު މާސްކެކެވެ.

  • ޔޯގަޓް އަދި މާމުއި

މި މާސްކު ތައްޔާރު ކުރާނީ އެއް މޭޒުމަތީސަމްލާ ޔޯގަޓު އަދި އެއްމޭޒުމަތީ ސަމްސާ މާމުއި އެއްކޮށްގެންނެވެ. އެގޮތުން ޔޯގަޓާއި މާމުއި އެއްކޮށްގެން ތައްޔާރު ކުރާ މި ޕޭސްޓަކީވެސް "އޯވާނައިޓަށް" ބޭނުން ކުރާ މަސްކެކެވެ. 

ޔޯގަޓަކީ އޭގައި ލެކްޓިކް އެސިޑް އެކުލެވޭ އެއްޗަކަށް ވުމުން، ބިހި ނެގުން ކުޑަކޮށްދެއެވެ. އަދި މާމުޔަކީ މޮއިސްޗަރައިޒާއެއް ގޮތުގައި ބޭނުންކުރެވޭ، ހަންގަނޑަށް އިތުރު "ގްލޯއެއް" ގެނެސްދޭ އިންގްރީޑިއަންޓެކެވެ.

  • ކިއުކަންބާ ޖޫސް އަދި އޮލިލް އޮއިލް

މި މާސްކު ތައްޔާރުކުރާނީ ދެ މޭޒުމަތީސަމްސާ ކިއުކަމްބާ ޖޫސް އަދި އެއް މޭޒުމަތީސަމްސާ އޮލިލް އޮއިލް ބޭނުން ކޮށްގެނެވެ. ރޭގަނޑު މިމާސްކު މޫނުގައި އެޅުމަށްފަހު، ހެނދުނު މާސްކު ދޮންނަން ޖެހެނީ ފިނި ފެނުންނެވެ.

މި މާސްކަކީ މޫނުގެ ހަންގަނޑުގެ ޕީއެޗް ބެލެންސް ހިފެހެއްޓުމުގައި އެހީތެރިވެދެނެ މާސްކެކެވެ. އަދި އެކި ސަބަބުތަކާއި ގުޅިގެން ހަންގަނޑަށް ދިމާވާ އުނދަގޫތަކަށް އެހީވެދެއެވެ. އަދި ހަންގަނޑު އިތުރަށް ހައިޑްރޭޓް ވުމުގައި އެހީތެރިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް