ads
ތާރޭ ޒަމީން ޕަރްގެ ޕޯސްޓެއް
އިޝާން މިހާރު އުޅެނީ ކީއްކުރަން؟
ފިލްމް “ތާރޭ ޒަމީން ޕަރް”އިން މޮޅު އެކްޓިންއެެއް ދެއްކި އިޝާން ނުވަތަ އަސްލުނަމުންނަމަ ދަރްޝީލް ހަނދާން ނުހުންނާނެ މީހަކު މަދުވާނެކަންގައިމެވެ

މަޝްހޫރް އެކްޓަރު އާމިރް ހާން އާއިއެކު 2006ވަނަ އަހަރު “ތާރޭ ޒަމީން ޕަރް”އިން މަޝްހޫރްވި މި ތަރި މިހާރު އުޅެނީ ކިހިނެތް ތޯ އެފިލްމު ބެލި ކޮންމެ މީހެއްގެ ހިތައްވެސް އަރާނެ އެވެ.

your imageދަރްޝީލް އެހާރާއި މިހާރު

އެގޮތުން ފިލްމްއިން ލިބުނު ކާމިޔާބީއަށްފަހުވެސް ދަރްޝީލް އެކްޓިންގެ ދާއިރާއާއި ދުރަށް ނުދެއެވެ. އޭރު ކުޑަކުއްޖެއްގެ ރޯލުން ފެނިގެންދިޔަ ނަމަވެެސް މިހާރު އުމުރުން 24 އަހަރުވެފައިވާ ދަރްޝީލް ދަނީ އެކި ތިއޭޓާ ފިލްމްތަކުގައިވެސް މަސައްކަތް ކުރަމުންނެވެ. 

މިހާރު ދަރްޝީލް މަސައްކަތް ކުރަމުން އަންނަނީ ޓްރިބްލީ ޓައިނީ ޓޯކްސްއިން ގެނެސްދޭ “ ބަޓާފްލައީސް” ގައެވެ. މީގެ ސީސަން 2 ފެށިގެން މިހާރު ކުރިއަށްދާއިރު މިއީ ގިނަ ބަޔެއްގެ މަގުބޫލްކަން ލިބިފައިވާ ސީރީސް އެކެވެ

your imageދަރްޝީލް މަސައްކަތްކުރަމުން އަންނަ ފިލްމް

ތާރޭ ޒަމީން ޕަރް އަށްފަހު ލިބުނު ބޮޑު މަޝްހޫރްކަން ކިޔައިދެމުން ދަރްޝީލް ބުނެފައިވަނީ ސްކޫލްގައިވެސް ވަރަށް ބޮޑު މަގުބޫލްކަމެއް ލިބުނު ކަމަށާއި އެންމެ ބޮޑު އުފަލެއް ލިބުނީ އޭނާގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލަ ދެވުނުކަން އެގުނު ހިސާބުން ކަމަށެވެެ

މައިންބަފައިންނާއި ދުރުން ބޯޑިން ސްކޫލަކަށް ކުއްޖާ ފޮނުވާލުމުން ދެން ވާ ކަންތައްތަކެއް ފެންނަ އެވޯޑް ވިނިން މި ފިލްމްގެ ސަބަބުން އޭނާގެ ހަޔާތްވެސް ބަދަލުވެގެން ދިޔަ ކަމަށް ދަރްޝީލް ބުނެއެވެ

އެގޮތުން އެ ފިލްމްގެ ކުރިން އޭނާގެ މައިންބަފައިންވެސް އުޅުނީ ބޯޑިން ސްކޫލްެއަކަށް ފޮނުވާލަން ކަމަށާއި އެހެންނަމަވެސް އޭގެ ފަހުން އެ ނިންމުން މަންމަމެން ބަދަލުކުރި ކަމަށް ދަރްޝީލް ކިޔައިދިނެވެ. 

88%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް