ads
ތޮއްޑޫ ކަރާ ދަނޑު--ފޮޓޯ:ސަން
ތޮއްޑޫ ކަރާ މި އަހަރު ކުރިއަށްވުރެ މަދުވާނެ
ކަރާ މަދަސް ކަރަލުގެ އަގު ހެޔޮވާނެކަމަށް ބެލެވޭ
އއ. ތޮއްޑޫ އިން މިފަހަރު ރޯދަމަހާ ދިމާކޮށް ކުރީ އަހަރުތަކާ ބަލާއިރުގައި ކަރާ ލިބޭނެ މިންވަރު މަދުވާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

އއ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާދަމް ސީއެންއެމް އަށް މިއަދު ވިދާޅުވީ އެރަށުން މިފަހަރުގެ ރޯދަ މަހާ ދިމާކޮށް ދުވަހެއްގެ މައްޗަށް 1800 ކިލޯ ކަރާ މާލެއަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އެއީ ކުރީ އަހަރުތަކާ އަޅާ ބަލާއިރުގައި މަދު އަދަދެއް ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.

ތޮއްޑޫގައި މަފަހަރު ކަރާ ހެއްދުމަށް 118 ދަނޑެއް ދޫކޮށްފައި ވާއިރުގައި އެކި ދަނޑުތަކުން ކަރާ ލިބޭ މިންވަރު ތަފާތުވާނޭ ކަމަށް އެރަށޫގެ ދަނޑުވެރިއެއް ކަމަށްވާ ނަސީރް މުހައްމަދު ބުންޏެވެ.

ނަސީރު ކިޔާދިން ގޮތުގައި އެރަށުން މި ފަހަރު ރޯދަމަހާ ދިމާކޮށް ވަރަށް ގިނަ ކިލޯ މާލެ ފޮނުވޭނެ ކަމަށެވެ. އަދި ކަރާ ދަނޑުތަކުން ކަރާ ބިންނަށް ނުފަށާކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. 

މި ފަހަރު ތޮއްޑޫގައި ގިނައިން ހައްދާފައި ހުރީ ބައި ކަޅު ކަރާ ކަމަށާއި އެއީ އެންމެ ފޮނި އަދި މީރު ވައްތަރު ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. 

ނަސީރު ވިދާޅުވީ މިދިޔަ އަހަރުގައި ކޮވިޑާ ގުޅީގެން ކުރީގައި ތޮއްޑޫ ކަރާ ނުވިއްކާ ދަށް އަގުތަކުގައި ވިއްކާފައިވާނޭ ކަމަށެވެ.

"މިދިޔަ އަހަރު ކަރާ ވިއްކީ ވަރަށް ދަށްއަގުގައި. 8 ނުވަތަ 10 ރުފިޔާއަށް ކިލޯއެއް ވިއްކީ." -އަތޮޅު ކައުންސިލްގެ ނައިބު ރައީސް ނަސީރު-

ނަމަވެސް މި ފަހަރު ކަރާ ހެޔޮއަގެއްގައި ވިއްކޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ނަސީރު ކިޔާދިނެވެ.

ނަސީރު ބުނީ ތޮއްޑޫއިން ކަރާގެ އިތުރުން ބަށި، ތޮރާ، ލެޓިއުސްގެ އިތުރުން ގިނަ ބާވަތްތަކުގެ ތަރުކާރީ ލިބެން ހުންނާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް