ads
ފޮޓޯ:މުއިއްޒު
ރަސްފަންނުގައި "ގާޑަން ޕްލާޒާ"އެއް ތަރައްގީ ކުރާނަން: ޑރ.މުއިއްޒު
ކުރިއަށް އޮތް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވިއްޖެނަމަ ރަސްފަންނުގައި "ގާޑަން ޕްލާޒާ" މަޝްރޫއެއް ފަށާނަން ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އާބާދީ އަކީ މިހާރު ގާތްގަނޑަކަށް 540،000 ކަމަށާއި، އޭގެތެރެއިން 255،000 އަށްވުރެ ގިނަ މީހުން ދިރިއުޅެނީ ދެ އަކަ ކިލޯ މީޓަރު ހަމަނުވާ މި މާލޭ ސިޓީގައި ކަމަށެވެ. 

އަދި މާލޭ ސިޓީގައި ދިރިއުޅޭ 255،000 މީހުންގެ ތެރެއިން ގާތްގަނޑަކަށް 45000 ރައްޔިތުންނަކީ ޒުވާނުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުންނަކީ އާމްދަނީ ހޯދާނެ ފަދަ ވަސީލަތްތަކެއް ނެތި އެހެން ފަރާތްތަކަށް ބަރޯސާ ވާންޖެހޭ މީހުންކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ޒުވާނުންނާއި ހާއްސަކޮށް ކަނބަލުންނާއި މާލޭގެ ހުރިހާ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް މާލޭ ސިޓީ ކައުންސިލް ވާންޖެހޭކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، އެގޮތުން އެމަނިކުފާނުގެ މޭޔަރު ކަމުގެ ދަށުން ރަސްފަންނުގައި "ގާޑަން ޕްލާޒާ" މަޝްރޫއެއް ފަށާނެ ކަމަށެވެ. 

" އެގޮތުން އަޅުގަނޑު މި ހުށަހަޅަނީ މާލޭގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދުކަމުގައިވާ ރަސްފަންނު ސަރަހައްދުގައި އޮތް 60،000 އަކަމީޓަރުގެ ބިމުގައި ކުރިއަށް ގެންދެވިދާނެ ފުދުންތެރި ދިރިއުޅުމެއް ޒުވާނުންނާއި ކަނބަލުންނަށް ހޯދައިދެވިދާނެ މަޝްރޫއު. އާދެ ގާޑަން ޕްލާޒާ މަޝްރޫއުގެ ނަމުގައި އަޅުގަނޑު ހުށަހަޅާ މަޝްރޫއު" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕްލާޒާ މަޝްރޫއުއަކީ އެތަނެއްގައި ޒުވާނުންނާއި ކަނބަލުންގެ އިތުރުން މުޅި މާލޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އާއްމުދަނީ ހޯދޭނެ ފުރުސަތުުތައް ހޯދޭނެ ގޮތަށް ފަރުމާކުރާ މަޝްރޫއުއެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

އެގޮތުން އެތަނުގައި ފިހާރަތަކާއި ރެސްޓޯރަންޓްގެ އިތުރުން އާއްމުންނަށް ހިތްފަސޭހަ ކޮށްލެވޭނެ ފަދަ ތަންތަން ގާއިމުކުރެވޭ ޒަމާނީ އިމާރާތެއް ތަރައްގީކުރެވޭނެ ކަމަށާއި، އެތަނަކީ ތިމާވެއްޓާއި ރަށްޓެހި ވަޒީފާ އަދާކުރާ ޒުވާނުންނަށް ވެސް ފަހި ފުރުސަތު އޮތް ތަނަކަށް ވެގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

"އާދެ މިއީ އުންމީދަކީ މިއީ ދިރިންލިބިގެންވާ ކަންކަމަކީ. މިފަދަ ކަންތައްތައް މާލޭ ސިޓީގައި ކުރެވެން އެބަޖެހޭ. ސިޓީ ކައުންސިލަކީ މިފަދަ ކަންކަން ކުރާ ބަޔަކަށް ވާން އެބަޖެހޭ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް