ads
ރާއީސް މައުމޫން އާއި ނަސްރީނާ-
ރައީސް މައުމޫންގެ ދެކަނބަލުން ވެކްސިން ފުރިހަމަ ކޮށްފި
ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަނބިކަބަލުން ނަސްރީނާ ވެކްސިން ފުރިހަމަ ކޮށްފި އެވެ.

ރައީސްގެ ދެކަނބަލުން ވެކްސިން ފުރިހަމަކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ސެނެހިޔާ ހޮސްޕިޓަލުންނެވެ. މިކަން ހާމަކުރައްވާ ރައީސް މައުމޫން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރެއްވި ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރައްވާފައެވެ. 

ރައީސް މައުމޫން ވިދާޅުވީ ކޮވިޑުން  ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާވެސް ޖައްސަވައިފިން ކަމަށެވެ. 

ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވާ ރައީސް މައުމޫންގެ ދެކަނބަލުން ވެކްސިން ފުރިހަމަ ކުރެއްވިއިރު، މިމަހުގެ ފަސް ވަަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް  ވެސް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާ ވެކްސިން ފުރިހަމަ ކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް