ads
އެސްޓްރަޒެނެކާގެ ވެކްސިން-
ކޮވިޝީލްޑް ވެކްސިން ޖަހާ މީހުން ލޭ ގަނޑުވާ ކަމަށް އީއެމްއޭއިން ވެސް ބުނެފި
އޮކްސްފޯޑް އެސްޓްރަޒެނިކާ ވެކްސިން ޖެހި ބައެއް މީހުންގެ ލޭ ގަނޑުވާ މައްސަލަތަކެއް ދިމާވެފައި އެބަހުރިކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިންވެސް ބުނެފިއެވެ.

އެ އޭޖެންސީ އިން ބުނީ ވެކްސިންގެ ސައިޑް އެފެކްޓްސްގެ ތެރޭގައި ލޭގަނޑުވުން ފަދަ ކަންތައްތަށް އެބަހުރި ކަމަށެވެ. 

އީއެމްއޭ އިން މިމޭރުމަށް ވާހަކަދައްކައިފައިމިވަނީ އިނގިރޭސިވިލާތުގައި 30 އަހަރުން ދަށުގެ މީހުންނަށް އެސްޓްރަޒެނިކާ ވެކްސިން ޖެހުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ. 

އީއެމްއޭގެ އޮފިޝަލުން ބުނީ ވެކްސިން ޖެހި 18 މީހަކު މަރުވެފައިވާ ކަމަށެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުން ވަނީ އެސްޓްރަޒެނެކާ ވެކްސިން ސަސްޕެންޑް ކޮށްފައެވެ. 

އެސްޓްރަޒެނެކާ ވެކްސިން އެއްވެސް ވަރަކަށް ބޭނުންކުރަން ހުއްދަ ދިނުން އެއީ ރަނގަޅު ކަމެއް ނޫންކަމަށް ފާހަގަކޮށް އީއެމްއޭ އިން ބުނީ ކޮވިޑް-19 ގެ ސީރިއަސް ކަމަށްވުރެ ލޭގަނޑުވުން ނުވަތަ ބްލަޑް ކްލޮޓްގެ ނުރައްކާ ބޮޑު ކަމަށެވެ.

ނަމަވެސް ޔޫކޭގެ ކަމާބެހޭ އިދާރާތަކުން ވަނީ އުމުރުން 30 އަހަރުނުވާ މީހުންނަށް ދޭނީ އެހެން ވެކްސިނެއް ކަމަށެވެ. ނަމަވެސް އެހެން އުމުރުފުރައިގެ މީހުންނަށް ކުރިއެކޭ އެއްގޮތަށް އެސްޓްރަޒެނެކާ ވެކްސިން ދިނުން ކުރިއަށްގެންދަން ވަނީ ނިންމާފައެެެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް