ads
ބައްތިތައް ދިއްލާފައި-
ބީއެމްއެލްގެ އެހީތެރިކަމާއެކު ގޮއިދޫގައި ސޯލާ ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ 2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފައިވާ ކަމަށް ބީއެމްއެލް ބުނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަހްމަދު ބުނީ މީގެ ކުރިން އެ ސަރަހައްދުގައި އެއްވެސް ލައިޓެއް ނުހުންނަ ކަމަށެވެ. އެފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް އެ ޕްރޮޖެކްޓް ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

your imageފޮޓޯ--ބީއެމްއެލް

"ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކަމުގެ ފަންނުވެރި ރަށުގެ ޒުވާނުންކަން ފާހަގަ ކުރަން. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާކުރާނެ. މީގެ ތެރޭގައި ދަނޑުވެރިންނާއި، ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކްދާ މީހުންވެސް ހިމެނޭ." އިބްރާހިމް ނިޝާމް ބުންޏެވެ.

އެހާ ފުރިހަމަ ކަމާއެކު އެ ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ވަރަށް ހާއްސަ ޝުކުރެއް އިބްރާހިމް ނިޝާމް ވަނީ ދަންނަވާފައެވެ. އަދިވެސް އެ ފަދަ ރަށުގެ ތަރައްގީއަށް ފަހިވާނެ އިތުރު ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ވިސްނުން އެރަށުގެ ޒުވާނުންގެ އެބަހުރި ކަމަށް ވެސް ބުންޏެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިންވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް