ads
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: ފޮޓޯ / އަވަސް
ކަރަންޓީނު ނުވެ ވޯޓުލާން ރަށަށް ދެވޭގޮތް ހަދައިފި
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމަށް ކަރަންޓީނު ވުމެއްނެތި ރަށަށް ދެވޭގޮތް އެޗްޕީއޭއިން ހަދައިފި އެވެ.

އެޗްޕީއޭއިން މިކަން އާންމު ކޮށްފައިވަނީ މިއަދު ގެޒެޓު ކުރި އިއުލާނެއްގައެވެ.

އެގޮތުން އިންތިހާބުގައި ވޯޓުލާ މީހުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރާއިރު، ރިސޯޓު، ސަފާރީ ނުވަތަ ގެސްޓްހައުސް ހުންނަ ރަށްރަށުން އަދި މޮނީތަރިންގެ ހާލަތުގައިވާ ރަށްރަށުން ވޯޓު ލުމަށް ރަޖިސްޓްރީވެފައިވާ ރަށަށް، 10 ދުވަހުގެ ކަރަންޓީނު މުއްދަތާ ނުލާ ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް މި އިއުލާނުގައި ވެއެވެ.

އެޗްޕީއޭއިން ވަނީ މިފަދައިން ދަތުރުކުރެވޭނީ މިއަދުން ފެށިގެން އޭޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބުނެފައެވެ. އަދި ވޯޓުލާން ދަތުރު ކުރާ މީހުން އަމަލު ކުރަންވީ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ؛ 

  • ވޯޓުލާ ސަރަހައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
  • މީހުންނާ ބައްދަލު ނުކުރުމާއި ގޭގެއަށް ޒިޔާރަތް ނުކުރުން.
  • ވޯޓު ލުމަށްފަހު ގިނަވެގެން 48 ގަޑިއިތު ތެރޭ އެމީހަކު އައި ރަށަކަށް އެނބުރި ދިޔުން. 
  • ރަށުގައި ކަރަންޓީނުވެފައި ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ މުއްދަތް އަދި ރަށުގައި ހުންނާނެ ތަން އެންގުން
  • ކޮވިޑް 19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން

މި އެންގުމުގެ ދަށުން ދަތުރުކުރެވޭނީ ހަމައެކަނި ވޯޓުލުމަށްދާ މީހުނަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މިހެން ދަތުރުކުރާ އެންމެންވެސް ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް