ads
ފައިޒާ ވެކްސިން
ފާއިޒާ ވެކްސިން ޖަހަން އަންނަ އާދިއްތަ ދުވަހު ފަށަނީ!
ހާއްސަ ހާލަތްތަކުގައި ޖެހުމަށް ހާއްސަކޮށްފައިވާ ފައިޒާ ވެކްސިން އަންނަ އާދިއްތަ ދުވަހު ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން ބުނީ، ފާއިޒާ ވެކްސިން ދިނުން މިމަހުގެ 11 ވާ އާދިއްތަ ދުވަހު ފަށާނެ ކަމަށާއި، ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަަށެވެ. 

މިވެކްސިނަކީ ހާއްސަ ހާލަތްތަކުގައި ދިނުމަށް ހާއްސަކޮށްފައިވާ ވެކްސިނެއް ކަމުން އާދިއްތަ ދުވަހު ވެކްސިން ޖަހާއިރު ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށެވެ. 

އަދި 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތަތަކަށްވެސް މި ވެކްސިން ދޭން ވަނީ ނިންމާފައެވެ. އެފަދަ ފަރާތްތަކުން ފައިޒާ ވެކްސިން ލިބިގަތުމަށްޓަކައި ލިންކުން ރަޖިސްޓާ ކުރެއްވުމަށް އެޗްޕީއޭއިން އެދެއެވެ. 

އެ ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓާވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ދިވެހި ރާއްޖެއަށް 5،500 ޑޯޒްގެ ފައިޒާ ވެކްސިން ވަނީ ލިބިފައެވެ. އެހެންނަަމަވެސް އެ ވެކްސިނަކީ ފިނިހޫނުމިން -70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ އެވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައެވެ.

ފައިޒާ ވެކްސިނާއި ޗައިނާގެ ސިނަފޯމް ވެކްސިން ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީއިން ހުއްދަ ދީފައިވަނީ، މާޗު މަހުގެ 15ވަނަ ދުވަހުއެވެ. ފައިޒާވެކްސިނަކީ ޑަބްލިއުއެޗްއޯއީއާއި އީޔޫއެލްގެ ހުއްދަ ލިބިފައިވާ ވެކްސިނެކެވެ. މިހާރު އެ ވެކްސިން ދުނިޔޭގެ 70 ގައުމެއްގައި ބޭނުން ކުރަމުން އެބަގެންދެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް