ads
ފޮޓޯ--ޕާތު ސަމްތާން
އަނުރާގް ނުބައިބައި ރޯލަކުން ފެންނަނީ
ކަސޯޓީ ޒިންދަގީ ކީ ސީޒަން ދޭކުން ބެލުން ތެރިންގެ ތެރެއަށް އަނުރާގްގެ ނަމުން މަޝްހޫރު ވެފައިވާ ޕާތު ސަމްތާން ވަނީ ގިނަ ވެބް ސީރީޒްތަކެއް ވެސް ކުޅެފައެވެ.

ޕާތުގެ މިހާތަނަށް ބެލުންތެރިންނަށް ފެނިފައިވަނީ ތަންކޮޅެއް މަޑުމައިތިރި ލޯބި ކެރެކްޓާތަކުންނެވެ. އެކަމަކު އޭނާގެ ކުރިއަށް އޮތް ވެބް ސީރީޒަކީ މުޅިން ތަފާތު ކެރެކްޓާއެއް ކުޅޭނެ ސިލްސިލާ އެކެވެ.

މި މަހުގެ 20 ވަނަ ދުވަހު އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީ އާއި ޒީ5 އިން ޕްރިމިއާ ކުރާ ސީރީޒް "މޭ ހީރޯ ބޯލް ރަހާ ހޫ" ގައި ޕާތު ކުޅެފައި ވަނީ ނުބައިބައި ވިލަންއެއްގެ ރޯލެވެ. އެ ސީރީޒަކީ 1990 އަހަރުތަކުގެ އަންޑަވޯލްޑްގެ ވާހަކަ ކިޔައިދޭ ކްރައިމް ތުރިލާއެކެވެ.

"މޭ ހީރޯ ބޯލް ރަހާ ހޫ" ގެ ކާސްޓްގައި ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯގެ ލޯބިވެރިޔާ ޕަޓްރަލޭކާ އާއި ޓީވީ އެކްޓަރު އަލީ ގޯނީގެ ބޭބެ އަރުސަލާން ގޯނީ އާއި އަންކިތު ގުޕްތާ އާއި ގަނޭޝް ޔާދަވް އާއި ޗަންދަން ރޯއި ސަނިއާލް އަދި ދާނިޝް ހުސައިން ފަދަ ފަންނާނުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް