ads
ކޮވިޑް 19 ---
މިއަދު ޕޮޒިޓިވްވީ 113 މީހެއް!
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 113 މީހެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުން 56 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. 

މީގެ އިތުރުން އަތޮޅު ތެރެއިން 46 މީހަކު އަދިި ރިސޯޓުތަކުން 11 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު މިއަދު ޕޮޒިޓިވްވި 113 މީހުންނާއެކު މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 25،304 އަށް އަރާފައެވެ. މީގެ ތެރެއިން 22،166 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 3،062 ގައެވެ. އޭގެ ތެރެއިން 85 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް މި ބަލީގައި ރާއްޖޭގައި 67 މީހަކު މަރުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް