ads
ވެކްސިން ކާޑު ---
ރާއްޖޭގައި މިއަދު 4382 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފި
ރާއްޖޭގައި މިއަދު ޖުމުލަ 4382 މީހަކު ކޮވިޑް 19 ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތަށް ބަލާއިރު، މިއަދު އަތޮޅު ތެރޭގައި ގިނަބަޔަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ.

އެގޮތުން އަތޮޅު ތެރެއިން 4448 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، މާލެ ސަރަހައްދުން 502 މީހަކު ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. މިއާއެކު މިހާތަނަށް ޖުމުލަ 265،235 މީހަކު ވަނީ ކޮވިޑް ވެކްސިން ގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. 

ދެވަނަ ޑޯޒަށް ބަލާއިރު، މިއަދު މާލެ ސަރަހައްދުގައި 3969 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.

 އަދި އަތޮޅުތެރެއިން 413 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 14،951 މީހެކެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށާފައިވާއިރު، އަންނަ އާދިއްތަ ދުވަހު ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް