ads
ޝާހްރުކްހާން އާއި ބްރަމަސްތްރަގެ ކާސްޓް
ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ބަރަމާސްތްރާއި ޕަތަންގެ ޝޫޓިން ހުއްޓުމަކަށް
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް ވަނީ ރިކޯޑް އަދަދަކަށް އިތުރުވެފައެވެ. ފަހަކަށް އައިސް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ފިލްމީތަރިން ވެސް ހިމެނެއެވެ. އެއާއެކު ބޮލީވުޑް ފިލްމު އިންޑަސްޓްރީ މިވަނީ ހުއްޓުމަކަށް އައިސްފައެވެ.

ފިލްމު އިންޑަސްޓްރީން ހުއްޓުނު އެންމެ ބޮޑު ދެ ޕްރޮޖެކްޓް ތެރޭގައި ޝާހްރުކް ހާންގެ ފިލްމު ޕަތަން އަދި ރަންބީރު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު ބްރަމާސްތްރަ ހިމެނެއެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ އިތުރުން އަމީތާބު ބައްޗަން ފަދަ ތަރިން ބްރަމަސްތްރަގެ ޝޫޓިން ހުއްޓިފައިވަނީ ގިނަ ބަޔަކު ޕޮޒިޓިވްވެ އެ ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ސެޓުގެ ކޮންސްޓަކްޝަން މަސައްކަތް ނުނިމިފަވާތީއެވެ.

ޝާހްރުކްގެ ފިލްމަށް ވެސް ވީ ހަމަ އެހެންނެވެ. ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެނެ ފިލްމު ސެޓްގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ބްރަމާސްތްރަގެ ލަވައަކަަށް 300 ޑާންސަރުން ވަނީ ރިހާސަލްކޮށްފައެވެ. ނަމަވެސް އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ރަންބީރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ލަވަ ވަނީ ޝޫޓް ނުކުރެވިފައެވެ. ރަންބީރުއަށް ފަހު އާލިއާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. 

އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ދަނީ ލޮކްޑައުން އާއި ރޭގަނޑު ވަގުތު ކާފިއު އިއުލާނުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް