ads
ތ.ވޭމަންޑޫ
ދެ މީހުން ޕޮޒިޓިވްވެ ވޭމަންޑޫ މޮނިޓަރިންއަށް!
ތ.ވޭމަންޑޫއިން އިން ބަލިވެގެން މާލެ ގެނައި ދެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލައިފި އެވެ.

ވޭމަންޑޫ ކައުންސިލަރު މަރްޔަމް ސަމާ ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުން ޕޮޒތީވްވެފައިވަނީ ދުވަސްވީ އަންހެނަކާއި ޅަ އުމުރު ފުރައިގެ ޒުވާނެއް ކަމަށެވެ.

އެ ދެމީހުންނަކީ ވެސް ބަލިވެގެން ހޮސްޕިޓަލުގައި އެއް ވޯޑެއްގައި ފަރުވާ ދެމުން ދިޔާ ދެމީހުން ކަމަށް ވެސް ސަމާ ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވި ޒުވާނާ ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އިތުރު ފަރުވާއަށް އާއިލާއިން މާލެ ގެންގޮސްފައި ކަމަށާއި ދުވަސްވީ އަންހެން މީހާ ބަލިހާލަތު ބޮޑުވުމގެ ސަބަބުން ރޭގެ ދަންވަރުގެ ވަގުތެއްގައި ހޮސްޕިޓަލުގެ ފަރާތުން ވަނީ މާލެ ފޮނުވާލެވިފައި ކަމަށެވެ.

ޕޮޒިޓިވްވި ޒުވާނާ މިހާރުވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައި ކަމަށް ވެސް ސަމާ ވިދާޅުވި އެވެ.

އެރަށް މޮނިޓަރިންނަށް ލާފައިވަނީ މިއަދު 11:00 ގައި ފާހަގަކުރަމުން ސަމާ ވިދާޅުވީ މިހާރު ކޮންޓެކްޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އަދި ވަރަށް އަވަހަށް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް