ads
މުމްބާއީ އިންޑިއަންސް މިދިޔަ އަހަރުގެ ޗެމްޕިއަން ޓްރޮފީއާ އެކު
އައިޕީއެލްގެ އާ ސީޒަން މިއަދު ފަށަނީ
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު- އައިޕީއެލްގެ ސާދަވަނަ މުބާރާތް، އިންޑިޔާގައި މިއަދު ފަށާނެއެވެ. އެންމެ ފަހު މުބާރާތް، ދުބާއީގައި ބޭއްވުމަށް ފަހު، މުބާރާތް އަލުން އަނބުރާ އިންޑިޔާގައި މިއަދު ފަށާއިރު، މި މުބާރާތް ކުރިއަށްދާނީ ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާ އެކުއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ވާދަކުރާނީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ މުމްބާއީ އިންޑިއަންސްއާ، އެންމެ ފަހުގެ ދެވަނަ މަގާމު ހޯދި ރޯޔަލް ޗެލަންޖަރސް ބެންގަލޯރއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މުބާރާތް ކުރިއަށްދާނީ ހަ ސްޓޭޑިއަމެއްގައެވެ. ވިހި އޯވަރަށް ކުޅޭ ފަސްދޮޅަސް މެޗަށް ފަހު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ ތިރީސްވަނަ ދުވަހުއެވެ.

މި އަހަރުގެ މުބާރާތް އަލުން އިންޑިޔާގައި މި ބާއްވަނީ، މިދިޔަ އަހަރު އިންޑިޔާގައި މުބާރާތް ބާއްވަން އެތައް މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ބޭއްވުމަށް ފަހުއެވެ. 

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. 

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސްޓޭޑިއަމަށް ކުޑަމިނުން ނޫސްވެރިންވެސް ނުވައްދައެވެ. އެހެންނަމަ ވެސް މުޅި މުބާރާތުގެ ފުރިހަމަ ކަވަރޭޖެއް އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރުވެސް ގެންދާނެއެވެ. އާއްމުކޮށް ނޫސްވެރިން ނުވައްދާ ގޮތަށް އޮތް ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅު ވެއްޖެ ނަމަ އެ ފުރުސަތު ދޭނެއެވެ.

 އާއްމުކޮށް ނޫސްވެރިން ނުވެއްދި ނަމަވެސް ހުރިހާ މެޗެއް ވަގުތުން ފޮނުވާނެއެވެ. އަދި ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި މުބާރާތުގެ ފުރިހަމަ ކަވަރޭޖެއް ގެނެސްދޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް