ads
ސާއިދަށް ފައިސާގެ އެހީ ރަމްޒުކޮށްދޭ ޗެކު ހަވާލު ކުރަނީ
ސާއިދަށް ފުޓްބޯޅަ އާއިލާގެ ފަރާތުން ތިން ލައްކަ
ޒުވާން ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމެންޓޭޓަރު ޕީއެސްއެމްގެ ސާޢިދު އަޙްމަދުގެ ކިޑްނީ ޓްރާސްޕްލާންޓަށް ދިވެހި ފުޓްބޯޅަ އާއިލާގެ ނަމުގައި އެފްއޭއެމުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ފައިސާ ރަމްޒީ ގޮތުން ސާއިދުއާ ހަވާލުކުރީ މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި އޮތް ލީގު މެޗުގެ ކުރިންނެވެ.

ޔުނައިޓެޑް ވިކްޓަރީއާ ދަ ގްރާންޑޭ، ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ކުރިން، ކިޑްނީ ފެއިލްވެ އެކަމުގައި ފަރުވާ ހޯދަމުން އަންނަ ސާއިދުއާ، ތިން ލައްކަ ރުފިޔާގެ ރަމްޒީ ޗެކު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

ނޫސްވެރިކަމުގައި ދިހަވަރަކަށް އަހަރު ހޭދަކޮށް، ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ސާއިދަކީ މިއަދު ރާއްޖޭގެ އެއް ނަންބަރު ފުޓްބޯޅަ ކޮމެންޓޭޓަރެވެ. ހީވާގި ނޫސްވެރިޔާ ސާއިދުގެ ދެ ކިޑްނީ ފެއިލްވެ އެކަމުގެ ފަރުވާ ހޯދަމުން އަންނަތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ހިތްވަރު ގަދަ ސާއިދުއަކީ މިއަދުވެސް ކުޅިވަރު އާއިލާގައި އެންމެ މަގުބޫލު އެއް ނޫސްވެރިޔާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް