ads
ފޮޓޯ--ހުޅުމާލެ
ހުޅުމާލެއަށް ރޭނގަޑު ސައިކަލު ދުއްވަން ދިޔުމުން ދިމާވި ބިރުވެރި ހާދިސާ
އެ ހާދިސާއަކީ އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ހާދިސާ އެވެ. އިއްޔެވީ ކަމެއްހެން އެ ހާދިސާ އަހަރެންގެ ސިކުޑީގައި ބިންވަޅު ނެގިފައި ވެއެވެ.

އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ 20 އަހަރެވެ. އާދައިގެ މަތިން އެރޭވެސް ލޯބިވެރިޔާއެކުގައި އަހަރެން ދިޔައީ ހުޅުމާލެ އަށެވެ. ސައިކަލުގައި ފިނި ބުރުޖަހާ ށެވެ. އެއީ އަހަރުމެން ދެމީހުންގެ އާދަ އެވެ.

ރޭނޑު 8:30 ގައި ވަރުގެ ކޮޅަށް ނަލަވެލައިގެން އަހަރުމެން ދެމީހުން ސައިކަލަށް އަރައިގެން ބާރު ސްޕީޑުގައި ހުޅުމާލެއާއި ދިމާލަށް ބްރިޖުން ލައިފައި ދުއްވަމުން ގެންދިޔައީ މެވެ. އަހަރެން ހިތަށް އެރޭ ގޮތް ނޭނގޭ ނުތަނަވަސް ކަމެއް ވެރިވަމުން ދިޔަ އެވެ. ކަމެއް ގޯސްވާން އުޅޭ ކަހަލަ ބިރުވެރި ކަމެއް އުފެދެމުން ދިޔަ އެވެ.

ނަަމަވެސް އަހަރެންގެ ލޯބިވެރިޔާ ނީލާ ބިރުގަނެފާނެތީ އަހަރެން އެވާހަކައެއް އޭނާ ކައިރިއަކު ނުބުނަމެވެ. ހުޅުމާލެ ވަށައިގެން ދުއްވުމަށް ފަހުގައި އަހަރުމެން ދިޔައީ ސެންޓްރަލް ޕާކަށެވެ. އެތާގެ ބެންޗެއްގައި ވާޅުފިލުވާލަން އިށީނީ މެވެ. އަހަރެންގެ އަތުގައި އޮތް މެޓާ ޗަސްވެފައި އޮތުމުން އަހަރެން އޭތި ދުރަށް އެއްލާލީމެވެ. އެއްވެސް ހިޔާލެއް ނެތި އެވެ.

ލޯބީގެ އެތަށް ގިނަ ވަގުތުތަކެއް އެތާގައި ގުނުމަށް ފަހުގައި ގެއަށް ދިމުގެ ކުރިން އެންމެ ފަހު ބުރު ޖެހުމަށް އަހަރުމެން ސައިކަލަށް އެރީމެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދިޔައީ އިތުރުވަމުން ނެވެ.

ސައިކަލަށް އަރާ ސްޓާޓްކޮށްލީމެވެ. ވަކި ހިސާބަކަށް ދުއްވާލިތަނާ ހުއްޓިއްޖެއެވެ. އަހަރެން ވަރަށް ބިރު ގަތެވެ. ޕެޓްރޯލް ހުރިތޯ ބަލާލީމެވެ. ޓޭންކު ހުރީ ފުލްކޮށެވެ. ދެތިން ފަހަރަކު ސްޓާޓް ކުރަން މަސައްކަތް ކުރުމުން އެކަން ވެއްޖެ އެވެ. އޭރު ގަޑިން 12 ޖަހައިފާނެ އެވެ.

ހުޅުމާލޭ ފިތުރޯނު ގަސްތައް އެންމެ ގިނައިން ހުންނަ މަގުން އަހަރުމެން ދުއްވަމުން ދިޔައީ މެވެ. ބާރު ދުވެލީގަ އެވެ. ކުއްލިއަކަށް އަނެއްކާވެސް ސައިކަލު ނިވިއްޖެ އެވެ. އަހަރެން ވަރަށް ބޮޑަށް ބިރުގަތެވެ. އެވަގުތުގެ ހަމަހިމޭންކަން އިހްސާސް ކުރެވުމުން ނެވެ. ލޮލުގެކޮޅަށް މީހަކު ފެންނާކަށް ނެތެވެ. ނީލާވެސް ހުރީ ބިރުން ނެވެ. އަހަރެން ސައިކަލު ސްޓާޓް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީ މެވެ.

ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ކުޑަކުއްޖަކު ރޯއަޑު އިވެން ފެށި އެވެ. އަހަރެންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެށް އަޅާލިހެން ނެވެ. ހުރިތަނަށް ގަނޑުވި އެވެ. ނީލާވެސް ބިރުން އަހަރެންގެ އަތުގައި އެލިގަތެވެ. އެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުން ނެވެ.

ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ރަށްދެލޯ ދިއްލުނުވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. ނީލާވެސް ރޯންފެށި އެވެ.

ނަސީބަކުން އެވަގުތަކީ އެތަނުން ދެތިން ކާރު ދިޔަ ވަގުތެވެ. އެތަން އެއްކާރުގެ މީހަކު ނީލާ ރޯތަން ފެނިގެން މަޑުކޮށްލި އެވެ. އަދި ވެގެން އުޅޭގޮތް އެހި އެވެ.

އަހަރުމެން ވެގެން އުޅޭގޮތް ކިޔާދިނުމުން އޭނާ އަހަރުމެންނަށް އެރޭ އެހީވި އެވެ. ސައިކަލު އެތާ ކައިރީގައި ހުރި ޕާކިން ޒޯނަކަށް ލައިދިނުމަށް ފަހުގައި އަހަރުމެން ދެމީހުން ގެއަށް ލައިދި ނެވެ.

އެރޭ ގެއަށް ގޮސްފައި އަހަރެން އަވަހަށް ނަމާދުކޮށްގެން ގްރުއާން ޖަހައިގެން ނިދީ އެވެ. އެރޭގެ ފަހުން އެއްވެސް ބިރުވެރި ކަމެއް އަދި ދިމައެއް ނުވެއެވެ. އެހެންނަމަވެސް ދަންވަރު ދުއްވަން ދިއުން މެދުކަނޑާލީމެވެ.

12%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް