ސިހުރު ހެދުމަށް ބޭނުން ކުރާ އާލާތެއް
ސިހުރެއްގައި ޖެހި ދަރިވަރުން ތަކެއްގެ ކިޔެވުން ހަލާކުވި ގޮތް
Share
ސިހުރު ހާހޫރައާއި ފަންޑިތައިގެ ކަންކަމަކީ އިހުގެ ދިވެހިރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. މީހެއްގެ ބޮލެއްގައި ރިއްސިއަސް، މަސްވެރިކަން ކުރަން ވިޔަސް، ރަނގަޅު ކިޔެވެއްޔެއް ކިޔެވުން ނޫން އިތުރު ހަމަ އެއް ގޮތް ވެސް ނޯންނާނެއެވެ.
Advertisement

ހަމަ އެހެންމެ މީހުންގެ ދިރިއުޅުން ހަލާކު ކުރުމަށްޓަކައި މިހާރުވެސް ސިހުރުވެރިން ސިހުރު ހަދާ އުޅެއެވެ. އެގޮތުން މިފަހަރު މިއޮތީ ދަރިވަރުންތަކެއްގެ ކިޔެވުން ހަލާކު ކޮށްލުމަށް މީހަކު ހެދި ސިހުރެއްގެ ވާހަކައެވެ. 

މިއީ އަތޮޅުތެރޭ ރަށެއްގައި ހިނގި ހާދިސާއެކެވެ. އެރަށު ސްކޫލުގައި ކިޔަވަން އުޅުނު އެންމެ މޮޅު ފަސް ކުއްޖެއް ވަނީ ސިހުރުގެ ތެރޭގައި ޖެހި ކިޔެވުން ހަލާކު ވެފައެވެ. 

ކޮންމެ ދުވަހަކު ސްކޫލަށް ދިއުމާ އެކު މިކުދިން އަނބުރައި ގަނެގެން ވެއްޓެން ފެށި ހިސާބުން ފުރަތަމަ ބެލެވުނީ ސިއްހީ މައްސަލައެއް ހުންނަނި ކަމަށެވެ. އެގޮތުން ރަށު ސިއްހީ މަރުކަޒުގެ އިތުރުން މާލެއަށް ގެނެސް ޑޮކްޓަރުންނަށް ދައްކާ، އެތައް ޓެސްޓު ތަކެއް ހެދުނެވެ. ނަމަވެސް އެއްވެސް ބައްޔެއް އެކުދިންގެ ގައިގާ ހުރި ކަމަށް ނުހޯދުނެވެ.

ދަރިވަރުން ސްކޫލުގައި އުޅޭ ވަގުތުގެ އިތުރުން ގޭތެރޭގައި އުޅޭ އުޅުމަށްވެސް ބަދަލު ތަކެއް އަންނަން ފެށިއެވެ. ކިޔެވުމާއި ދުރުވުމުގެ އިތުރުން ނަމާދާއި ވެސް ދުރު ވާން ފެށިއެވެ. ގުރުއާން ކިޔަވާ އަޑު އިވިއްޖެ ނަމަ އެކުދީންނަށް އުނދަގޫ ވާން ފަށާ، އެތަނަކުން ދުރަށް ދާން މަސައްކަތް ކުރަން ފެށިއެވެ. 

މީގެ ސަބަބުން ބެލެނިވެރިންގެ އިތުރުން މުދައްރިސުންނާއި ރަށުގެ ރައްޔިތުންނަށް ވެސް މިއީ ސިހުރުގެ ކަމެއް ކަމަށް ބެލެވެން ފެށުނެވެ. އެގޮތުން ރުގްޔާ ކުރާ މީހަކަށް އެކުދިން ދެއްކުމުން އެނގިގެން ދިޔައީ އެކުދިންނަށް މީހަކު ހުރީ ސިހުރު ހަދާފައި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސްކޫލުގެ ފެންބޯ ތާންގި ތެރެއަށް އެއްޗެއް އަޅައިގެން ކަމަށެވެ. 

އެހެން ކަމުން އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެ ތާންގިން ވަނީ ފެން ހުސްކޮށް އަލުން ސާފު ކޮށްފައެވެ. 

އެކުދިން މި ވަބާއިން ރަނގަޅު ކުރުމަށް ރުގްޔާ ކުރަމުން ދިޔަ ދުވަސްވަރުގައި ތަފާތު އެކި ކަންކަން ހިނގާފައި ވެއެވެ. އެގޮތުން އެތަނުގެ އެއް ކުއްޖެއް ވަނީ އަމިއްލަ ގައިގާ ކަޓަރު އަޅާފައެވެ. އަނެއް ކުއްޖާ ކޮންމެ ރެއަކު ދެނަމާދު ދޭތެރޭގައި ގެއިން ނިކުންނަ ގޮތަށް ސްކޫލާއި ދިމާލަށް ދުވެފައި ދެއެވެ. އަދި ސްކޫލުގެ އަތިރިމައްޗާ ވީކަންމަށްޗަށް ދާ ތަނުން އެކުއްޖާ ހޭ ނެތިގެން ވެއްޓެއެވެ. އަދި މި ހުރިހާ ކުދިންވެސް އިރުއޮއްސޭ ދަޅަ މައްޗަށް އަތިރިމައްޗަށް ދާން އުޅެއެވެ. 

އެދުވަސްވަރު ރަށުތެރެވެސް ވަރަށް ބޮޑަށް ނާމާން ވެގެން ދިޔައެވެ. އެގޮތުން ކޮންމެ ރެއަކު އިރުއޮއްސޭ އިރުން ފެށިގެން ދެނަމާދު ދޭތެރެ ކާޅު ގޮވުމަކީ އެދުވަސްވަރުގެ އާންމު ކަމެކެވެ. 

މީގެ ތެރެއިން ބައެއް ދަރިވަރުން މިހާރު އޯލެވެލް ނިމިފައި ވާއިރު ބައެއް ކުދިން އަދިވެސް ދަނީ ކިޔަވަމުންނެވެ. ކިޔަވާ ނިމުނު ދަރިވަރުންގެ ވެސް ނިތީއްޖާއަށް ވަނީ މިކަމުން ވަރަށް ބޮޑެތި ނޭދެވޭ އަސަރު ތަކެއް ކޮށްފައެވެ. އެގޮތުން މިހާރުވެސް މިތަނުން އެއް ކުއްޖެއް ކޯހެއް ނުވަތަ އެހެންވެސް ގޮތަކުން ތައުލީމު ހާސިލް ކުރަން ފަށާތާ ދުވަސްކޮޅެއް ނުވަނީސް މިފަދަ އުނދަގޫ ތަކާއި ކުރިމަތި ލާން ޖެހެއެވެ. 

ސިހުރު ހެދުމަކީ ޝައިތާނީ ޢަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫހުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިތާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް